ads
ސީޖަލް--
ދިލް ތޯ ހެޕީ ހޭ ޖީގެ ތަރި ސީޖަލް މަރުވެއްޖެ
ސްޓާ ޕްލަސްއިން ދެއްކި ޑްރާމާ، ދިލް ތޯ ހެޕީ ހޭ ޖީ އިން އެކްޓިންގެ ދުނިޔެއަށް ތައާރަފުވި ސީޖަލް ސަރްމާ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަމިއްލަ ދިރިއުޅުމުގައި ދިމާވި ބައެއް ކަންކަމާއި ގުޅިގެން އޭނާ މަރުވީ އަމިއްލައަށެވެ. ސީޖަލްގެ ހަށިގަނޑު މިހާރު އޭނާގެ އާއިލާއިން އުދައިޕޫރަށް ގެންގޮސްފައިވާ ކަމަށް ވެސް ވެއެވެ. 

އުދައިޕޫރަށް ނިސްބަތްވާ ސީޖަލްއަކީ އެކްޓްކުރުމާއި ނެށުމަށް ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިކަން ހުރި ފަންނާނެ ކަމަށް ވެއެވެ. މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ސީޖަލް ކުރިން ނޫސްތަކަށް ބުނި ގޮތުގައި އޭނާ ފިލްމީ ދާއިރާގެ މަސައްކަތްތައް ކުރުމަށް އާއިލާގެ ރުހުން ހޯދީ ވަރަށް ވަރުންނެވެ. 

އެގޮތުން ފިލްމީ މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ސީޖަލް މުމްބާއީއަށް ދިރިއުޅުން ބަދަލުކުރިއިރު އޭގެ ފަހުން އޭނާ އުޅެމުން އައީ އަމިއްލައަށް ކަމަށް ވެއެވެ. އަދި އެ ދުވަސްތަކުގައި އޭނާ ވަނީ މޮޑެލްކުރުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ.

 




 

View this post on Instagram

 








That smiling face thou🎈

A post shared by  Sejal Sharma (@i_sejalsharmaofficial) on

ސީޖަލް އެކްޓްކުރަން ފެށުމުގެ ކުރިން ވަނީ ބައެއް އިޝްތިހާރުތަކުން ވެސް ފެނިގެންގޮސްފަ އެވެ.

11%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް