ads
އޮމިކްރޯން އަދި ޑެލްޓާ ވޭރިއަންޓް އަންނަނީ ހަލުއިކަމާއެކު ފެތުރެމުން
އޮމިކްރޯން އަދި ޑެލްޓާ ވޭރިއަންޓް އަންނަނީ ހަލުއި ކަމާއެކު ފެތުރެމުން: ޑަބްލިއުއެޗްއޯ
ޑެލްޓާ އަދި އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ހަލުއި ކަމާއެކު އިތުރުވަމުން އަންނަ ކަމަށް ޑަބްލިއު އެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއު އެޗްއޯއިން މިހެން ބުނެފައި ވަނީ، އެމެރިކާއާއި ޔޫރަޕްގެ އެކި ގައުމުތަކުން ރެކޯޑް އަދަދަކަށް އާ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެންމެ ގަދައަށް ޔޫރަޕްގައި ކޮވިޑް ފެތުރެމުންދާ ފަރަންސޭސި ވިލާތުގައި ވިދިވިދިގެން އައި ދެދުވަހުގެ ޖުމްލަ އަދަދު، ވަނީ 208،000 އަށް އަރާފައެވެ.

އަދި އެމެރިކާއިން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 265،427 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ޖޯންސް ހޮޕްކިންސް ގެ މައުލޫމާތު ތަކުން ދައްކައެވެ.

ޑެންމާކް، ޕޯޗުގަލް، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިންވެސް ވަނީ ރެކޯޑް އަދަދަކަށް ރިޕޯޓްކޮށްފައެވެ.

ޕޮލެންޑުން ބުދަ ދުވަހު 794 މީހުން ކޮވިޑު-19 ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ކޮވިޑުގެ ހަތަރުވަނަ ރާޅުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ.

ބުދަދުވަހުގެ ނިޔަލަށް:

ފަރަންސޭސިވިލާތުން 208،000 ކޭސް ރިޕޯޓްކޮށްފައިވާއިރު، އިތުރު 53 މީހަކު އިންޓެންސިވް ކެއަރގައި އަދި 184 މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުން 183،037 މީހުން އަލަށް ޕޮޒިޓިވްވެ 57 މީހުން ވަނީ މަރުވެފައެވެ.

އިޓަލީގައި ދުވާލެއްގެ މައްޗަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަންގާރަ ދުވަހު 78،313 އިން މައްޗަށް ގޮސް، ބުދަ ދުވަހު 98،020 މީހުން އަލަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ޑެންމާކުން ވަނީ 23،228 މީހުން އަލަށް ޕޮޒިޓިވް ވެ ރެކޯޑް އަދަދަކަށް ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 1205 މީހުންނަކީ މީގެ ކުރިން ކޮވިޑު ޖެހިފައި ތިބި މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް