ads
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޖަވާޒު
އެފްއޭއެމް ހަމަ އަސްލުވެސް ބަނގުރޫޓުވީތަ؟
އާ ފުޓްބޯޅަ ސީޒަން ފެށެން ހަފުތާއަކަށް ވުރެ ކައިރިވެފައިވަނިކޮށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބަނގުރޫޓުވެފައިވާ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ތުހުމަތު ކުރެއްވިއެވެ.

ސީޒަން ފެށުމުގެ ހަފްތާއަކަށްވުރެ ކައިރިވެފައިވަނިކޮށް އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް ކުރެއްވި ތުހުމަތުގައި އެފްއޭއެމް ބަނގުރޫޓުވެފައިވާ ވާހަކައިގެ އިތުރުން އެހެން ވާހަކައެއްވެސް ވިދާޅުވިއެވެ. އެއީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށާފައިވާ ކަމަށެވެ.

އާޒިމް ކުރެއްވި މި ތުހުމަތުތަކަށް އެފްއޭއެމުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން އެކަން އޮއްވާ، މީޑީއާއަށް ތިލަވި ވާހަކައަކީ ހަމަ ހަގީގަތުގައިވެސް އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެ މަސް ވެއްޖެ ކަމުގެ ވާހަކައެވެ. މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ މުސާރަ އިއްޔެއާއި ހަމައަށް ދީފައެއް ނުވެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސައިން ޖަވާޒު ފޭސްބުކްގައި އިއްޔެވަނީ ނޮވެމްބަރު މަހުގެ މުސާރަ އިއްޔެއާ ހަމައަށް ނުދޭކަމަށް އިއުތިރާފުވެސްވެފައެވެ. ޖަވާޒް ވިދާޅުވީ، ފަންޑް ލިބުމުގައި ލަސްވެފައިވާތީ ނޮވެންބަރު މަހުގެ މުސާރަ ނުދޭ ކަމަށެވެ. އަދި އެކަން މުވައްޒަފުންނާ ކޮމިއުނިކޭޓްކޮށްފައިވާ ކަމަށްވެސް ޖަވާޒު ވިދާޅުވިއެވެ. އެހެންނަމަވެސް އިއްޔެގެ ނިޔަލަށް އެފްއޭއެމްގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށްވެސް ޖަވާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް