ads
އަލީއެކްސްޕްރެސް އިން ގެންނަ ޕާރުސަލަކުން ވެސް ކޮރޯނާ ވައިރަސް ފެތުރިދާނެ!
މިދުވަސްވަރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު އަލީއެކްސްޕްރެސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ގެންނަ ޕާރުސަލަކުން ވެސް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިއްހީ މާހިރުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި މި ވައިރަހަކީ ކެއްސާ ކިބިހި އަޅާއިރު ބޭރުވާ ކުޅުގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން އެގޮތަށް އަލީއެކްސްޕްރެސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ގެންނަ ޕާރުސަލެއްގެ ސަބަބުން ވެސް މިބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. 

ދިވެހިންނަކީ ވެސް އަލީއެކްސްޕްރެސް މެދުވެރިކޮށް ވަރަށް ގިނައިން ވިޔަފާރި ކުރާ ބައެއްކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. މިގޮތަށް ގެންނަ ސާމާނު އޯޑަރު ކުރާ މީހާގެ އަތަށް ލިބޭނީ އެތައް ބައެއްގެ އަތުގައި އެތަކެތި ޖެހުމަށް ފަހު އެވެ. 

އަލީއެކްސްޕްރެސުން ބުނާ ގޮތުގައި މިހާތަނަށް އެތަނުން ގެނައި ޕާރުސަލެއް މެދުވެރިކޮށް ކޮރޯނާ ވައިރަސް، އެއްވެސް މީހަކަށް ޖެހުނު މައްސަލައެއް ފާހަގައެއް ނުކުރެވެ އެވެ. 

ޗައިނާގެ ވުހާން ޕްރޮވިންސުން އެންމެ ފުރަތަމަ މި ބަލި ޖެހިގެން މީހަކު ރިޕޯޓްކުރިއިރު މިހާރު މިބަލި މިވަނީ ނޭޕާލް އާއި ތައިލެންޑް އަދި މެލޭޝިއާ އިން ވެސް ފެނިފަ އެވެ. 

ރާއްޖެއަކީ ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުން އެތައް ފަތުރުވެރިންނެއް އަންނަ ގައުމެއް ކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ވަނީ ފެށިފަ އެވެ. އަދި އޭގެ އިތުރުން، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.  

20%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް