ads
ފުލުހުން ހޯދާ މީހާ
މީހެއްގެ ސައިކަލް ވަގަށްނެގި މީހަކު ހޯދަނީ
މީހެއްގެ ސައިކަލެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ހޯދަމުންނަދަނީ ނޮވެމްބަރު 22 ވަނަ ދުވަހުގެ ވަގުތެއްގައި ދަރުމަވަންތަ ސްކޫލުގެ ހަދަމުންދާ އިމާރާތް ކައިރީ ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނެގި މީހެކެވެ. 

ފުލުހުން ބުނާގޮތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާ ވަނީ ނުހޯދިފައެވެ.

އެކަމާއި ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވަނީ އެމީހާގެ ފޮޓޯ އާއި އެކު އިއުލާން ކޮށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ސައިކަލު ވަގަށް ނެގުން އާންމުވެފައިވާއިރު މި ގޮތަށް ގެއްލިގެން ހޯދާ ސައިކަލު، ހެޔޮ އަގުގައި ވިއްކާލަން އުޅުމާއި އަދި ބޭނުންކުރަމުންދަނިކޮށް، ވެސް އަތުލައިގެންފައި އެބަ ހުއްޓެވެ. 

ސައިކަލު ވަގަށް ނެގުމުގެ އިތުރުން ސައިކަލުގައި ހުންނަ ލޯގަނޑާއި އަދިވެސް އިތުރު ސާމާނު ވަގަށް ނަގާ ކަމުގެ ޝަކުވާއަކީ ރައްޔިތުން ކަންބޮޑުވުމާއެކު ކުރަމުންދާ ޝަކުވާތަކެވެ. ވަގުން މިފަދަ އަގުބޮޑު ސާމާނު ވަގަށް ނަގަމުން އަންނައިރު މީގެ ކުރިން ފުލުހުން ވެސް ވަނީ އެފަދަ މުދާ ގެންގުޅޭ ފަރާތްތަކުން ވަރަށް ސަމާލުވުމަށް އެދިފަ އެވެ. އަދި ރައްކާތެރިވުމަށް ރަނގަޅަށް ލޮކްކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް