ads
މީގެ ކުރިން ބުރިޖު މަތީގައި ހިނގި އެކްސިޑެންޓެއް---
ބުރިޖާއި ހައިވޭގައި ވެހިކަލް މަޑުކުރުން މަނާ: ފުލުހުން
ބުރިޖާއި ހައިވޭއަކީ ވެހިކަލް މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށް ފުލުހުން ބުނެފިއެވެ.
ބުރިޖާއި ހައިވޭއަކީ ވެހިކަލް މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ އިއްޔެ ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެގޮތުން އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބުރިޖްގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ސައިކަލެއް ނައްޓާލަން އުޅުނު ވަގުތު ފަހަތުން އައި ސައިކަލް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެމީހުންނަށްވެސް، އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

އެއެކްސިޑެންޓުގެ އިތުރުން މިދިޔަ ހުކުރު ދުވަހު ވެސް ސިނަމާލެ ބްރިޖުގެ އެއް ފަރާތުގައި އެއް ސައިކަލް މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ބްރިޖާއި، ހައިވޭއަކީވެސް މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށާއި އެ ސަރަހައްދުގައި ވެހިކަލް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގަން މަގުފަހިވާ ކަމަށެވެ.

އޭގެ އިތުރުން ބުރިޖާއި، ހައިވޭ ބޭނުން ކުރާ އިރު ހަދާފައިހުންނަ ގާނޫނުތަކަށާއި ގަވައިދުތަކަށް އިހުތިރާމް ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް