ads
ރަށަކަށް ވަރަށް ބޮޑަށް އުދައަރާފައި -- ފޮޓޯ: ފެންވަރު
ސަމާލުވޭ! ދިޔަވަރު ބޮޑުވާ ގަޑިތުގައި މިއަދުވެސް އުދައަރާނެ
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިއަދުވެސް ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އެހެންވެ މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން އިލްތިމާސްކުރެ އެވެ. 

މީގެއިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 8:00 އިން 13:00 އަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. 

މެޓުން ބުނީ މެދުތެރޭގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އުތުރުގެ ބައެއް ރަށްތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މިއަދު ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް