ads
އެމްޕީއެލް އިން ބާއްވާ "ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހުޅުމާލޭގައި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ބާއްވާ " ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޕީއެލް އިން ބުނީ، މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި ވާކަމަށާއި މިހަރަކާތުގައި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ހަމަޖެހިފައި ވާކަމަށެވެ. 

މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެއް ކަމަށާއި، މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ. 

އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކުރުމަށް ނިންމާފައި ވާކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ. 

"މި ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް މި ކުންފުނިން ވަނީ ރާވާފަ." އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ބުންޏެވެ.

your image" ޕޯޓް ސޭފްޓީވީކް ރަން" ގެ ޖާރޒީ ނައިބު ރައީސް އާއި ހަވާލު ކުރެއްވުން

މި ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލް އިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ.

އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީ.އީ.އޯ ޝާހިދު އަލީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް