ads
އެމްޑީޕީގެ ވޯކްޝޮޕްގެ ތެރެއިން -- އެމްޑީޕީ
ރަށު މަޝްރޫއަށް ރަށު ކުންފުނިތަކަށް އިތުރު ޕޮއިންޓް ލިބޭ ގޮތް ހަދަނީ
އަތޮޅު ތެރޭގެ ރަށްތަކުގައި މަޝްރޫއުތައް ހިންގުމަށް ކުރިމަތިލާ ކުންފުނިތަކުގެ ތެރޭގައި އެރަށަކަށް ނިސްބަތްވާ ކުންފުނިތަކަށް އިތުރު ޕޮއިންޓް ލިބޭ ގޮތަށް ޓެންޑަރިންގެ އުސޫލުތައް ބަދަލުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީން މިއަދު ފެށި ވޯކްޝޮޕް ހުޅުވައިދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ބޭނުންވާއިރު މިބަދަލާ އެކު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ރަށްތަކާއި ސިޓީތަކުގައި ހިންގާ މަޝްރޫއުތަކަށް އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކުންފުނިތަކުން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެެވެ. 

މީގެއިތުރު ތަފްސީލް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ކުރިމަތިލާ ކުންފުނިތަކަށާއި އަދި އެ މަޝްރޫއުތަކަށް ތަކެތި ސަޕްލައިކޮށްދޭ ކުންފުނިތަކަކީ އެރަށަކަށް ނިސްބަތްވާ ކުންފުންޏެއް ނަމަ ޓެންޑަރިން މަރުހަލާގައި އިތުރު ޕޮއިންޓް ލިބޭ ގޮތަށް ހަމަޖައްސަންޖެހޭ ކަމަށެވެ. 

"އެ މަސައްކަތްތައް ހިންގާ ފަރާތްތަކަކީ މި ސިޓީގެ ކުންފުނިތަކަށް ވުމަށް އަދި ސަޕްލައި ކުރާ ފަރާތްތަކަކީ ވެސް މި ސިޓީގެ ސަޕްލަޔަރުންނަށް ހެދުމަށް ޓެންޑަރުގެ އުސޫލުތަކަށް ބަދަލު ގެނެވޭނެ. އެއީ ޕޮއިންޓް ދިނުމުގައި ކޮންޓްރެކްޓެއް ދިނުމުގައި ޕޮއިންޓު ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިގޮތަށް އުސޫލުތައް ބަދަލުކުރުމުން އެ މަޝްރޫއެއް ހިންގާ ރަށެއްގައި މަޝްރޫއުތަކަށް ހަރަދުކުރާ ފައިސާ ވެސް މިހާރަށް ވުރެ ބޮޑަށް އެ ރަށެއްގައި ހިފެހެއްޓޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިގޮތަށް އުސޫލުތައް ބަދަލުކުރުމުން ރަށްރަށުގައި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ބޭނުންވާ މާލީ ގާބިލްކަމާއި ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައްޔިތުންނަށް ހަގީގީ ބާރު ދޭން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅަށް މަސައްކަތް ކުރި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. 

ފޭދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެ ބައްދަލުވުމަށް އައި މެމްބަރުންގެ ސުވާކުތަކަށް ޖަވާބު ދެއްވާފައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް