ads
ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު ރޭ އިފްތިތާހުކޮށްފި
އެމްއެމްޕީއާރްސީ އާއި ހާ ޓު ސީނު ގުޅިގެން ގެނެސްދޭ "ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު" ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން ރޭ އިފްތިހާހްކޮށްފި އެވެ.

ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީ ވީލޮގް "ވިޒިޓް މޯލްޑިސް ފްރޮމް ހާ ޓު ސީން" އިފްތިތާހްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހަފްލާއެއްގަ އެވެ. 

އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ގެނެސްދޭ ހާ ޓު ސީން އަކީ ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީލޮގެކެވެ.

މި ވީލޮގުގައި ދައްކައިދޭނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި މިއިން ކޮންމެ ރަށެއްގެ ތަފާތުކަމާއި އަދި ރަށްފުށުގެ ދިރިއުޅުން ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ މި ދަތުރުގެ ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތައް އޮންނަ ގޮތާއި ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ވީލޮގްގެ ފުރަތަމަ ސީޒަންގައި ދެއްކުމަށް ހަމަ ޖެހިފައިވަނީ ހއ. ހދ. އަދި ނ އަތޮޅުގެ ރަށްތަކެވެ. ޖުމްލަ 41 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ މި ސީޒަންގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ދައްކާނެ އެވެ. 

ހާ ޓު ސީންގެ ދަތުރު ކުރިއަށްދާއިރު ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކާއި ހާ ޓު ސީނު ވެބްސައިޓް އަދި ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްގައާއި ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓް ކުރެވެމުންދާނެ އެވެ.


"2020 ގެ ޑެސްޓިނޭޝަން މާކެޓިން ސިޔާސަތުގެ މައިގަނޑު އަމާޒެއް ކަމުގައި އެކްސްޕީރިއެންޝަލް ފަތުރުވެރިކަން ޕްރޮމޯޓް ކުރުން ހިމެނެއެވެ. ހަމައެއާއިއެކު ރާއްޖޭގެ ރަށްތައް މެދުވެރިކޮށް ވަކި ހާއްސަ ސެގްމެންޓް އެއްގެ ގޮތުގައި ދިވެހި ސަގާފަތް ޕްރޮމޯޓް ކުރުން ވެސް ހިމެނެއެވެ." އެމްއެމްޕީއާރްސީން ބުނެ އެވެ.

ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުކަމުގެ ސިނާއަތުގެ އެންމެ ކާމިޔާބު އަހަރު ކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ ސަރުކާރުން ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެ އަމާޒު ލަފާކުރި ތާރީހުގެ 38 ދުވަސް ކުރިން ހާސިލްކުރެވުނުއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. 

"މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ. ހާ ޓު ސީނު ފަދަ ޑޮކިއުމަންޓްރީތަކުގެ ސަބަބުން ރާއްޖެ ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވެ، ފަތުރުވެރިން ރާއްޖެ އައުމަށް އިތުރު ބާރަކަށްވެގެންދާނެ އެވެ." އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް