ads
މަނަދޫ——
ނ. އަތޮޅު ކައުންސިލަށް ގެންލުންދީ އެ ރަށަށް ކައިރިކުރި ލޯންޗެއްވެސް ފޭރިގަނެފި
ނ. އަތޮޅު ކައުންސިލަށް ގެއްލުންދީ އެރަށަށް ބަލި މީހަކު ގޮވައިގެން ކައިރިކުރި ސަން ސިޔާމް ލޯންޗެއް ފޭރިގަންފި އެވެ.

ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހުމާން ސަބީހް “ސީއެންއެމް”އަށް ވިދާޅުވީ، ސީދާ ކަންވީގޮތް ސާފުނުވާ ކަމަށާއި ނަމަވެެސް މިއަދު ހެނދުނު އެތޮޅު ދިގު ރަށު ރިސޯޓުން މަނަދޫއަށް އެ ލޯންޗު އައީ ބަލިމީހެއް ގޮވައިގެން ކަމަށެވެ.

ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ލޯންޗަށް އަރާފައިވަނީ ވަޅިއެއް ހިފައިގެންނެވެ. އެވަގުތު އެ ލޯންޗުގައި ތިބި މީހުން ފޭބުމުން އޭނާ ލޯންޗުގައި ފުރައިގެން ދިޔައީ އެވެ. 

އޭނާ ފުލުހުން ހިފަހައްޓާފައިވަނީ މާލެއަށް މިސްރާބު ޖަހާފައިވަނިކޮށް ޅ. އަތޮޅާއި ހަމައިން އެ ލޯންޗުގެ އިންޖީނު ހުއްޓުމާއި ގުޅިގެންނެވެ.

އޭނާ މިހާރު މަނަދޫއަށް ގެނެސްފައިވާއިރު ކައުންސިލުން ބުނީ އުމުރުން 22 ވަރަކަށް އަހަރުގެ އެ ޒުވާނާގެ އަމަލުތައް ފަހަކަށް އައިސް ހުންނަ ގޮތުން އޭނާ އަކީ ސިކުޑީގައި އުނިކަމެއް ހުންނަ މީހެއްކަމަށް ލަފާކުރެވޭ ކަމަށެވެ. 

ދޭތެރެ ދޭތެރެއިން ވަރަށް ރަނގަޅަށް ހުރުމަށްފަހު ވަރަށް ބޮޑަށް ސަކަރާތްވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ. 

ކައުންސިލުން ބުނީ އެ ރަށުގައި ހުންނަ އަތޮޅު ކައުންސިލަށްވެސް ވަނީ ގެއްލުންތަކެއް ދީފައި ކަމަށާއި، އެގޮތުން ކައުންސިލް އިދާރާގައި ނަގާފައިވާ ދިދަ ނެތްކަން ފާހަގަކުރެވިގެން ބެލިއިރު، އެ ދިދަ އޮތީ އޭނާ ދިރިއުޅޭ ގޭގައި ރީތިކޮށް ފައްޖަހާފައި ބާއްވާފައި ކަމަށެވެ. 

އަދި ކައުންސިލް އިދާރާގެ ބައެއް ބިއްލޫރި ދޮރުތައްވެސް ތަޅާލާފައިވާ ކަމުގެ މައުލޫމާތު ލިބޭކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

47%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް