ads
ދަގަނޑޭގެ ގޯލްތަކާއި އެކު ޓީސީ ދެވަނައަށް
އަލީ އަޝްފާގު އަދި އިޝާން އިބްރާހިމްގެ ގޯލްތަކާއި އެކު 4-0 އިން ފޯކައިދޫ ބަލިކޮށް ދިވެހި ޕްރިމިއަރ ލީގުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް އަރައިފި އެވެ.

ދަގަނޑޭ އަދި ސައްޓު، ކޮންމެ ކުޅުންތެރިޔަކު ރޭ ވަނީ ފޯކައިދޫ ކޮޅަށް ދެ ގޯލް ޖަހާފަ އެވެ.

މި ނަތީޖާއާއި އެކު ޓީސީ ދެވަނައަށް އެރީ 19 މެޗުން 37 ޕޮއިންޓާއެކު އެވެ. އެހެންނަމަވެސް މިއަދު ގްރީން ސްޓްރީޓްސްއާ ކްލަބު އީގަލްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓީސީ އަނެއްކާވެސް ތިން ވަނައަށް ވެއްޓިދާނެ އެވެ. އެއީ އީގަލްސްއަސް 18 މެޗުން 36 ޕޮއިންޓް ހޯދާފައިވުމުން، މިއަދު ގްރީންގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ނަމަ އަލުން އީގަލްސް ދެވަނައަށް އަރާނެތީ އެވެ.

ލީގުގެ ދެވަނަ ހޯދުމުގެ ރޭސް ފޯރި ގަދަވެފައިވާއިރު، މާޒިޔާ ވަނީ ބާކީ މެޗުތަކެއް ހުއްޓާ ލީގު ކަށަވަރުކޮށްފަ އެވެ. 

މާޒިޔާއަށް މިހާތަނަށް 50 ޕޮއިންޓް ލިބިފައިވެ އެވެ. އެއީ އިއްޔެ ހަވީރު ދަ ގްރާންޑޭ އަތުން މޮޅުވެގެން ހޯދި ޕޮއިންޓާ ވެސް އެކުގަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް