ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: އެމްބީއެސް ނިއުސް
ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދިއްޖެ
ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އެދިއްޖެއެވެ.
ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އެދިއްޖެއެވެ.

އެމްއޭސީއެލްއިން ބުނީ މި ދުވަސްވަރަކީ ވީއައިއޭ ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެއް ކަމުން ފަސިންޖަރުންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެހެން ދަތުރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދޭ ކަމަށެވެ.

މިދުވަސްކޮޅު ފްލައިޓްތައް ޑިލޭވުމުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ޕްލައިޓު ޑިލޭވުމުގެ މައްސަލަ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުންކުރާތީ ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ވީއައިއޭގެ ޓްރެފިކަށް ލުއިކުރުމުގެ ގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއެއް ދަނީ ކުރިއަށެވެ. އޭގެ ދަށުން އާ ރަންވޭއެއް ހަދާފައި ވާއިރު، ޕެސެންޖާ ޓާމިނަލެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް