ads
ހދ. ކުމުންދޫ އަރާއިރުގޭ ޝްރޭހް ހަސަން
21 އަހަރުގެ ޝުރޭހް ހަސަން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް
ބޯވާ ނަގަން ފޭބި ފަހުން ގެއްލިގެން ހޯދަމުން އަންނަ 21 އަހަރުގެ ޒުވާނާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

"ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗެއްގައި ގޮސް ބޯވަހިފަން އުޅުމުގެ ތެރޭގައި ގެއްލުނީ ހދ. ކުމުންދުއަށް އުފަން، އެ ރަށު އަރާއިރު، އުމުރުން 21 އަހަރުގެ ޝުރޭހް ހަސަންއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ފެނިފައި ނުވާކަމަށާއި، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށެވެ. 

އަދި އެޒުވާނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ނޫރަށްދީން ލޯންޗް އަދި ހާބާ ކްރާފްޓް ލޯންޗުން ކުރިޔަށްދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރޭގެ ވަގުތެއްގައި ކޯސްޓްގާޑުން ހާމަކޮށްފައިވާ ގޮތުގައި ޒުވާނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 55 ހާސް އަކަމީޓަރު ވަނީ ބަލައިފައެވެ. އަދި ސްނޯކަލް ކޮށްގެން 36 ހާސް އަކަމީޓަރު ވަނީ ބަލާފައެވެ. 

އެ ޒުވާނާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ އިއްޔެ ހެނދުނު 08:58 ހާއިރުގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް