ads
ވުހާންގައި ތިބި ދިވެހިންނަށް މާލީ އެހީ އިތުރުކޮށްދެނީ
ޗައިނާގެ ވުހާންގައި ތިބި ހަ ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި ހަ ދިވެހި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށް ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރި ނަމަވެސް އެ ގައުމުގެ ސަރުކާރުން އެސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގައި އިއުލާނުކޮށްފައިވާތީ ދަރިވަރުން އެސިޓީން ބޭރަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އެދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ޝާހިދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ރޭ ވަނީ ވޫހާންގައި ތިބި ހަ ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ފޮރިން މިނިސްޓްރީން ބުނީ ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއާޒައި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުންޑަ ކަމަށެވެ. 

ޗައިނާގައި ފެތުރެމުން އަންނަ ވުހާން ވައިރަސް ފެތުރިދާނެތީ ރާއްޖެއިން ވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެވައިރަސް ފެތުރިދާނެ ކަމަށް ބަލައި ރާއްޖޭގައި ރައްކާތެރިވުމުގެ މުހިޢޤމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއަކީ ކޮންމެ ދުވަހަކުން އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވައިރަހުން ރައްކާތެރިތެރިވުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިސްކަމެއް ދެއްވާ ކަމަށެވެ.

އެއަށްފަހު އެވައިރަސް ނުވަތަ އެއާ ބެހޭ ކަމެއް ފެނިއްޖެ ނަމަ ދެން އަމަލުކުރަންޖެހޭ ގޮތްތަކާ މެދުވެސް މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯއާ ވާހަކަ ދެކެވި ކަންކަން މިހާރު އިންތިޒާމު ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިހާރު އެއާޕޮޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

"ޓާމިނަލް ކެމެރާތައް މެދުވެރިކޮށް ފުރަތަމަ ސްކްރީން ކުރަމުން މިގެންދަނީ، މިހާރު އަޅުގަނޑުމެން ހުރި ވަސީލަތައް ބަލާއިރު އަޅުގަނޑުމެން މި ފަށައިގަންނަނީ އެއް ކެމެރާ އާއެކީ، އެމަކު ކުރިއަށް އޮތް ތިން ހަތަރު ދުވަހު އަޅުގަނޑުމެން ކެމެރާތައް އިތުރުކޮށް އެއާޕޯޓުގައި މިފަށަނީ، އެއާއެކު އައްޑޫ ސިޓީގައި ވެސް ސްކރީން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ އައްޑޫ ސިޓީން ވެސް ސްކްރީން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން" މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ޕޯޓުތައް، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ވުހާން ވައިރަހަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެއް ކަން ޗައިނާއިން ކަށަވަރުކޮށްދީފައިވާއިރު އެކަމުގައި ހަރަކާތްތެރިވި މެޑިކަލް އޮފިސަރުންގެ ހަށިގަނޑަށްވެސް މިވައިރަސް އެތެރެވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް