ads
ތިނަދޫގެ މަގަކުން ފެން ހިންދަނީ -- ފޮޓޯ:އެމްއެންޑީއެފް
ބޯކޮށް ވާރޭ ވެހި ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެއްޖެ
ބޯކޮށް ވާރޭވެހި ގދ. ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ތިނަދޫ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެން ވަނުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެރަށުގެ ބައެއް މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު 12:25 އިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ވަނީ ގއ އަތޮޅުން އައްޑޫ ސިޓީއަށް ހެނދުނު 08:00 އިން މެންދުރު 13:00އަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެގޮތުން އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ. އަދި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެ އެވެ.

 

އެގޮތުން ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަވެސް މައުލޫމާތުދެ އެވެ. 

 

މެޓް އޮފީހުން ވަނީ މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފަ އެވެ.

 

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް