ads
ފޮޓޯ: މީސްމީޑިއާ
އަންހެނަކާ މެދު އަމަލުކުރި ގޮތުން އެމްޕީއެލުގެ މުވައްޒަފެއްގެ މައްސަލަ ބަލަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހިންގަމުން އަންނަ ޓީޖެޓީގައި މަސައްކަތް ކުރަމުން އަންނަ ފިރިހެން މުވައްޒަފަކު އެމްޕީއެލްގެ ޔުނީފޯމުގައި ހުރެ އަންހެނަކަށް އިންޒާރުދިން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލްގެ މުވައްޒަފަކާއި، އަންހެނެއްގެ ދެމެދުގައި ހިތްހަމަ ނުޖެހުންތަކެއް އުފެދި ޒުވާބުކޮށް ގަޔަށް އަތްލާ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަތުގައި ހިފަހައްޓައިގެން ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ، އަންހެން މީހާއަށް ޖިސްމާނީ ގޮތުން އަނިޔާ ކުރާނެ ކަމަށްބުނެ ތަކުރާރުކޮށް އިންޒާރުދޭ ފަދަ މަންޒަރުތަކެއް ވެސް އެ ވީޑިއޯއިން ފެނެއެވެ. 

އަދި އެކަން ހުއްޓުވަން އެވަގުތު އެސަރަހައްދުގައި ހުރި ޕޯޓް ސެކިއުރިޓީއަކު މަސައްކަތް ކުރަމުންދާ މަންޒަރު ވެސް ދައުރުވަމުން އަންނަ ވީޑިއޯއިން ފެނެއެވެ. 

މި މައްސަލަ އާއި ގުޅިގެން އެމްޕީއެލްގެ މީޑިއާ އޮފިސަރު "ސީއެންއެމް" އަށް ވިދާޅުވީ، މި މައްސަލަ އެ ކުންފުނިން ބަލަން ފަށާފައި ވާކަމަށާއި، ކުންފުނިން މައްސަލަ ބެލުމަށް ފަހު، ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. 

އަދި މިހާރު މި މައްސަލަ އެކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށާއި، މިކަން ހިނގާދިޔަ ގޮތް އެނގޭނީ މައްސަލަ ބެލުމުން ކަމަށްވެސް އެމްޕީއެލްގެ އޮފިޝަލަކު ވަނީ ބުނެފައެވެ. 

މިފަދަ ކަންކަމަކީ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ފެނިގެން ވާނެ ކަމެއް ނޫން ކަމަށްވެސް އޮފިޝަލް ވަނީ ބުނެފައެވެ. 

އެމްޕީއެލްގެ މުވައްޒަފާއި އަންހެން މީހާ އާ ދެމެދު މައްސަލަ ހޫނުވީ ކޮން ސަބަބަކާއި ހެދިކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ފަހުން އަންހެން މީހާގެ ގައިގާ ޖަހާނެކަމަށް ބުނެ އިންޒާރު ދެމުންދިޔައީ އެމްޕީއެލްގެ މުވައްޒަފުގެ މައިންބަފައިންނާއި މުހާތަބުކޮށް އަންހެން މީހާ ހުތުރުކޮށް ވާހަކަ ދައްކަން ފެށުމުންނެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް