ads
ފަންނު އެކްސްޕޯގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ފަންނުވެރިން ބިނާކުރުމުގެ ޕްރޮގްރާމެއް އުކުޅަހުގައި ހިނގައިފި
ފަންނުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ކޯސް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޕޮލިޓެކްނިކް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ކޯސް ފެށުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މިކޯހަކީ މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ.  

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި މިކޯސްތަކުގެ ތެރެއިން މިއަދު އުކުޅަހުގައި ފެށިގެން މިދިޔައީ ސެޓްފިކެޓް ލެވެލް 3 ގެ ގެސްޓް ހައުސް މެނޭޖްމަންޓް ކޯހެކެވެ. އެގޮތުން ހަ މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި 39 ދަރިވަރެއް ބައިވެރިވެފައިވެ އެވެ. 

މީގެއިތުރުން ފަތުރުވެރިކަމާއި މަސައްކަތްތެރިކަމުގެ ސިނާއަތާ ގުޅުންހުރި އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް