ads
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނުގައި އެމްއެންޕީގެ ޓީމު.. ފޮޓޯ/އެމްއެންޕީ
ކޮޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭންގައި އެމްއެންޕީން މެކުހަށް
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވެ ބައި އިލެކްޝަނަށް ހުޅުވާލުމާއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ނެރިފައިވާ ކެނޑިޑޭޓުގެ ކެމްޕެއިން މެކުހަށް ޖަހައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެ ޕާޓީން ނެރެފައިވަނީ ށ ކޮމަންޑޫ ހަންނާނު އިދްރީސް އެވެ. ޕާޓީގެ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަކޮށްފައި ނުވާތީ އެމްއެންޕީގެ ޓިކެޓް ލިބިފައިވަނީ ހަންނާނު އަށެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވުމާއި ގުޅިގެން އެމްއެންޕީން ހަންނާނުގެ ކެމްޕޭން ކުރަމުން އަންނަނީ ފޯރީގައެވެ.

your imageކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނުގައި އެމްއެންޕީގެ ޓީމު.. ފޮޓޯ/އެމްއެންޕީ

އެގޮތުން ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީގެ އިސްވެރިންނާއެކު ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށުގައި ރަސްމީކޮށް ފަށާފައެވެ.

ސީއެންއެމް އާ ވާހަކަ ދައްކަމުން އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ، މިދިޔަ ޑިސެމްބަރު 27 އިން 29 އަށް ޕާޓީގެ ޓީމެއް ވަނީ  ށ.ކޮމަންޑޫ، ށ.ފޯކައިދޫ އަދި ށ. މަރޮށްޓައް ދަތުރުކޮށް ހަންނާނުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައި ކަމަށެވެ.

އެގޮތުން އެ ދަތުރުގެ ތެރެއިން ކޮނެމް ރަށެއްގައި ޕާޓީގެ މަންދޫބަކު ކަނޑައަޅާފައިވާނެ ކަމަށާއި އެ ފަރާތްތަކުން ވަނީ ކެމްޕެއިން އިތުރަށް ފުޅާކޮށް ހަރަކާތްތައް ފަށާފައި ކަމަށެވެ.

your imageހަންނާނުއަށް ޕާޓީގެ ޓިކެޓް ހަވާލްކޮށްދެއްވުން.. ފޮޓޯ/އެމްއެންޕީ

"ޕާޓީގެ ޓީމުން މިހާރު އަންނަނީ ދޮރުން ދޮރަށް ހިނގައި ކެމްޕެއިން ފުޅާކުރަމުން، އެރަށްރަށުގައި އުޅޭ ޕާޓީގެ މެންބަރު ކުރިއަށް ދަނީ ވަރަށް ފޯރީގައި" އަސްރާ ވިދާޅުވިއެވެ.

އަސްރާ އިތުރަށް ވިދާޅުވީ، އެ ތިން ރަށުގެ އިތުރުން މާލޭ ސަރަހައްދުގައި ވެސް ކެމްޕެއިން ވަރަށް އަވަހަށް ފަށާނެ ކަމަށާއި މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލޭގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ހާއްސަ ޖަގަހަ ރަސްމީކޮށް ހުޅުވާނެ ކަމަށާއި ޖަގަހަ އެޅުމަށް ބޭނުންވާ ބިން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ދާއިރާގެ ތިން ރަށުގައި ވެސް ޖަގަހަތައް ހަދައި ކެމްޕެއިން އިތުރަށް ފައްކާ ކުރުމުގެ ވިސްނުން ޕާޓީން ގެންގުޅުއްވާ ކަމަށާއި އެ ތިން ރަށުގައި ވެސް ޖަގަހަތައް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.

your imageކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނުގައި އެމްއެންޕީގެ ޓީމު.. ފޮޓޯ/އެމްއެންޕީ

"ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ހަންނާނުގެ ކެމްޕެއިން މި ޕާޓީން ކުރަމުން މިދަނީ ވަރަށް ޖޯޝާއި ފޯރީގައި.  އަނެއްކާވެސް ޕާޓީގެ ލީޑަރޝިޕް ޓީމު އެ ތިން ރަށަށް ވަރަށް އަވަހަށް ދަތުރު ފައްޓަވާނެ" އަސްރާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަނުން ކުރަމުން އަންނަ އިރު އެ އިންތިހާބުގައި އެމްއެންޕީގެ އިތުރުން ދެން ވާދަކުރަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ކޯލިޝަން ޕީޕީއެމުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް