ads
ރަންވީރާއި ދީޕިކާ---
ރަންވީރު ލައިގެން އެހުރީ ދީޕިކާގެ ހެދުމެއްތަ؟
ރަންވީރަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. އެގޮތުން މިފަހަރުވެސް ރަންވީރު މިވަނީ ވަރަށް ތަފާތު ވައްތަރެއްގެ ހެދުމެއް ލައިފައެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ މިފަހަރު އޭނާ ލައިގެން އެހުރީ އޭނާގެ އަންހެނުން އަދި އެކްޓަރެސް ދީޕިކާ ޕަޑުކޮންގެ ހެދުމެއް ކަމަށެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ރަންވީރު ހިއްސާކޮށްފައިވާ ފޮޓޯތަކުން އެނާ ފެނިގެންދަނީ ކަޅާ ހުދުގެ ގަމީހެއް ލައިގެން ހުރި މަންޒަރެވެ. އެކި ކުލައިގެ ރޮނގުދެމި ތިރިއެއް ލައިގެން ހުރި މަންޒަރެވެ. 

ގިނަ ބަޔަކު ރަންވީރު ލައިގެން ހުރި އެއްޗަށް މަލާމަތް ކޮށްފައިވާއިރު އޭނާ ލައިގެން ހުރީ ދީޕިކާގެ ހެދުމެއްތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. މީގެ ކުރިން ވެސް ދީޕިކާ އޭގެ ހެދުމެއް ލާފައެވެ.

 

 

އެންމެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް