ads
ޕްރަނުތަން އާއި މޮހްނީޝް---
ބައްޕަ އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ވަރަށް ކުރަން ބޭނުން: ޕްރަނުތަން
ބައްޕަ (މޮހްނިޝް ބާހްލް) އާއެކު ފިލްމެއްގައި މަސައްކަތްކުރަން ވަރަށް ބެނުންވާ ކަމަށް ޕްރަނުތަން ބާހްލް ބުނެފިއެވެ.

މިދިޔަ އަހަރު ނެރެނު ފިލްމެއް ކަމަށްވާ "ނޯޓް ބުކް" އިން ބޮލީވުޑަށް ތައާރަފުވި ޕްރަނުތަން ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބައްޕަ އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށެވެ. 

އޭގެ އިތުރުން ބައްޕަ އަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށާއި ބައްޕަ އާއިކު ފިލްމެއްގައި މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ވެސް ޕްރަނުތަން ވަނީ ބުނެފައެވެ.

ޕްރަނުތަން ބުނީ ބައްޕަ އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެ ނަމަ ވަރަށް ހާސް ވާނެ ކަމަށެވެ. އަދި ބައްޕަ ކުރިމަތީގައި ޑައިލޮގްތައް ކިޔަން ހަނދާން ނުނެތޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޕްރަނުތަން ވަނީ ބުނެފައެވެ.

ޕްރަނުތަން މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމު " ހެލްމެޓް" ގައި މަސައްކަތް ކުރަމުންނެވެ. އެފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ އަޕަރްޝަކްތީ ކުރާނާއެވެ.

ނުވަ ދިހައިގެ އަހަރުތަކުގައި ނިކުތް އެންމެ ހިޓު ފިލްމުތައްކަމަށްވާ ހަމް އާޕްކޭ ހޭއިން ކޯން އާއި ހަމް ސާތު ސާތު ހޭއިން އަދި މޭނޭ ޕިޔާރު ކިޔާ ފަދަ ފިލްމުތަކުގައި މޮހްނިޝް ވަނީ މަސައްކަތްކޮށްފައެވެ. އެނާ އެންމެ ފަހުން ފެނިގެން ދިޔައީ ސްޓާޕްލަސް އިން ދައްކަމުން އަންނަ "ސަންޖިވަނީ" އިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް