ads
ލަންކާގެ މާރުކޭޓެއްގައި ވިޔަފާރި ކުރަނީ
ލަންކާ ބަނގުރޫޓު ވުމުގެ ތުންފަތް މަތީ!
އަވައްޓެރި ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ މިހިނގާ 2022 ވަނަ އަހަރު ނިމުމުގެ ކުރިން އެގައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކް އިން ދިފި އެވެ.

ވޯލްޑް ބޭންކް އިން ބުނީ އެއެގައުމުގެ މާލީ ހާލަތު ބޮޑުތަނުން ދަށަށް ގޮސްފައިވަނީ، ކޮވިޑް ގެ ސަބަބުން އެގައުމުގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އައި ހީނަރުކަމާއި، އެގައުމުން ނަގާފައިވާ ލޯނުތަކާއި ބޮންޑުތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕް ކުރުމުގެ ސަބަބުން އެގައުމުގެ އިންފްލޭޝާން މައްޗަށް އެރުމުގެ ސަބަބުން ކަމަށެވެ. 

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި މި ބަލިމަޑުކަން ފެށުނީއްސުރެ އެގައުމުގެ 500،000 މީހުން ވަނީ ފަގީރުންނަށް ވެފައެވެ.

މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގެ އިންފްލޭޝަން ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާއި ގުޅިގެން އެގައުމުގެ ކާބޯތަކެތީގެ އަގުތައް ވަނީ ރައްޔިތުންގެ އަށް ނުފޯރާ ހިސާބަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއް މަގުމަތިވެ އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހިނގައިދާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ އަންދާޒާ ކޮށްފައެވެ. 

އެގައުމުގެ ތަކެތީގެ އަގުތަށް ބޮޑުތަނުން އުފުލެން ފެށުމުން އެގައުމުގެ ސަރުކާރުން ވަނީ އިގްތިސާދީ ކުއްލި ހާލަތު އިއުލާން ކާބޯ ތަކެތި ވިއްކޭނެ އަގުތަށް ކަނޑައަޅާފައެވެ. އަދި އެ އަގުތަކުގައި ތަކެތި ވިއްކުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ގޮތާބަޔާ ރާޖަޕަކްސަ ވަނީ އެގައުމުގެ އަސްކަރިއްޔާ އަށް އަންގާފައެވެ. 

ލަންކާގެ ހާލަތު ބޮޑުތަނުން ގޯސްވުމާއި ގުޅިގެން އެތައް ރައްޔިތުންނެއް އަންނަނީ އެގައުމު ދޫކޮށް ދިއުމަށް ނިންމާފައެވެ. އަދި އެތައް ބަޔަކު އަންނަނީ ޕާސްޕޯޓު ސެންޓަރުތައް ކައިރިއަށް ޖަމާ ވަމުންނެވެ. 

ލަންކާގެ ހާލަތު ގޯސްވެފައިމިވާ ދަނޑިވަޅުގައި އެގަމުގެ ސަރުކާރުން އަންނަނީ އެހެން ގައުމު ތަކުން ލޯނުތައް ނެގުމަށް ތައްޔާރު ވަމުންނެވެ. 

27%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް