ads
ޑްރީމް ލޭންޑް ރިސޯޓް
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ
ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބ. އަތޮޅުގައި ހިންގާ މިރިސޯޓުގައި ފަތުރުވެރިޔާ މަރުވީ ގެނބިގެން ކަމަށެވެ. 

މިހާދިސާގައި މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މިހާދިސާ ހިނގުމާ އެކު އެމީހާ ފަރުވާ ދިނުމަށް ބ. ދަރަވަންދޫ ހެލްތު ސެންޓަރަށް މިއަދު މެންދުރުފަހު 3:21 ހާއިރު ގެންދެވުނު ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އަދި އޭނާ މަރުވެފައިވާ ކަން ހެލްތު ސެންޓަރުން ޔަގީންކޮށްދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. 

ފުލުހުން ދަނީ މިހާދިސާ ހިނގަން މެދުވެރި ސަބަބުތައް އިތުރަށް ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް