ads
މެދު ރާއްޖެތެރޭގެ ރަށެއް: ފޮޓޯ ޓްރޮޕިކް ސާފް
ދޮން ބައްޕަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ކުޑަ ކުއްޖަކު ދައުލަތުން ނަގައިފި
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 8 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭތީ އެ ކުއްޖަކު ދައުލަތުން ނަގައިފިއެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 8 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭތީ އެ ކުއްޖަކު ދައުލަތުން ނަގައިފިއެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މިއީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ދެވަނަ ފަހަރެވެ. 

އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ހިމާޔަތް ދިނީ އެކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ރައްކާތެރި މާހައުލެއްކަަމަށް ނުބެލެވޭތީއެވެ.

މިއަދު އެކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކުއްޖާގެ ފަހަރިއެއްގެ ހަވާލުގައެވެ. 

މީގެ ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދިއެވެ. އޭރު އެކުއްޖާއަށް ކުޑަކަމުދިއުމަށް ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވުނެވެ. 

އެ ކުއްޖާއަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި އެރަށު ސްކޫލުން ވެސް މައްސަލަތަކެއް ހުށަހެޅިއެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް