ads
ތ. ބުރުނި، ފޮޓޯ- އިބީ
ބުރުނީ ތިން ގެއެއް ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ހޯދައިފި
ތ. ބުރުނީގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިންގެއެއް ބަލައި ފާސްކޮށް ސިހުރުހަދަން ގެންގުޅޭކަމަށް ބެލެވޭ ފޮތްތަކެއް ހޯދައިފިއެވެ.

މި ތިންގެ ބަލައި ފާސްކޮށްފައިވަނީ ސިހުރު ހަދާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. 

ފޮތްތަކެއް ފުލުހުން ގެންދިޔަ ނަމަވެސް، މި މައްސަލައިގައި އެ ރަށުން މީހަކު އަދި ހައްޔަރު ނުކުރާކަމަށް އެރަށު މީހަކު ބުންޏެވެ. 

ޤާނޫނު ނަންބަރު 78/74 (ދިވެހިބޭސްކުރުމާއި ފަންޑިތަ ހެދުމާއި ޚިތާންކުރުމާއި އަދި ފޫޅުމާކަންކުރުމާބެހޭ ޤާނޫ) ގައި ބަޔާންކޮށްފައިވަނީ، ފަންޑިތަ ހެދުން ފަދަ ކަމެއް ކުރަންވާނީ މިނިސްޓްރީ އޮފް ހެލްތަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ.  

ސިހުރު ހެދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވެއެވެ. 

ސިހުރު ހެދުން މި ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ބައެއް މީހުންވަނީ ސިހުރު ހަދަން ގެންގުޅޭ ތަކެއްޗާއި އެކު ހައްޔަރު ކޮށްފައެވެ.

73%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް