ads
މާޒިޔާ- ދަގްރާންޑޭ މެޗުގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕް: ދަގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނައަށް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ދަ ގްރާންޑޭ ބޮޑު ތަފާތަކުން ބަލިކޮށް، ޓޭބަލްގެ އެއްވަނައަށް މާޒިޔާ އަރައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ދަ ގްރާންޑޭއާ މާޒިޔާ ކުޅުނު މެޗުން މާޒިޔާ  މޮޅުވީ، ހަ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ހަތަރު މެޗުން ބާރަ ޕޮއިންޓާއެކު މާޒިޔާ އެއްވަނައަށް އެރީއެވެ. އެހެންނަމަވެސް އަންގާރަ ދުވަހު ކުޅޭ މެޗުތަކަށް ފަހު ވެލެންސިޔާއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ. ވެލެންސިޔާއިން އަދި ކުޅުނީ ތިން މެޗެވެ. ތިން މެޗުންވެސް މޮޅުވެފައިވެއެވެ.

ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ބިދޭސީ ފޯވާޑު ކޯނޭ، ހަމްޒާ، އިބްރާހީމް ވަހީދު، އަދި އުމައިރުއެވެ. ހަމްޕު ދެ ލަނޑު ޖެހިއެވެ. އަދި މާޒިޔާގެ އެއް ލަނޑަކީ ދަ ގްރާންޑޭގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދަ ގްރާންޑޭގެ ލަނޑު ޖެހީ ލަޔާންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް