ads
ކްލަބު ވެލެންސިޔާ ކުޅުންތެރިން
ޕްރެޒިޑެންޓްސް ކަޕް: ފަހަތުން އަރައި ޓީސީ އަތުން ވެލެންސިޔާ މޮޅުވެއްޖެ
ޕްރެޒިޑެންޓްސް ކަޕްގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ވެލެންސިޔާ ކާމިޔާބުކޮށްފިއެވެ.

ޓީސީއާ ދެކޮޅަށް ކުޅުނު މި މެޗުން ވެލެންސިޔާ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. ވެލެންސިޔާގެ ލަނޑުތައް ޖެހީ ހުސެއިން ހަނާން އަދި ބިދޭސީ ކުޅުންތެރިޔާ ބޯހަސްއެވެ. ޓީސީން ޖެހި ލަނޑު ޖެހީ ޒަޔާންއެވެ. 

މި ނަތީޖާއާއެކު ވެލެންސިޔާ މި މުބާރާތުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާވަނީ އަނެއްކާވެސް ކުރިއަށް ގޮސްފައެވެ. އެހެންނަމަވެސް ޓޭބަލްގެ އެއްވަނަ ލަނޑުގެ ތަފާތުން ހޯދާފައިވަނީ މާޒިޔާއެވެ. މާޒިޔާއާ ވެލެންސިޔާއަށްވެސް ހަތަރު މެޗުން ބާރަ ޕޮއިންޓް ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް