ads
ފިލްމުގެ ޝޫޓިންގެ ތެރެއިން---ފޮޓޯ:ޑާކްރެއިން
ޑާކްރެއިންގެ ނޮވެމްބަރުގެ ޝޫޓިން ނިންމާލައިފި
ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ އެންމެ ފަހު ޝޮޓް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހު ދ. ކުޑަހުވަދޫގައެވެ. 

އެ ރަށަށް ގޮސް ނެގި މަންޒަރުތަކުގައި ތެރޭގައި ފްލައިޓެއް ތެރޭގައި ނެގި މަންޒަރުތަކެއް ހިމެނެ އެވެ. އެއީ މަންތާ އެއާގެ މަތިންދާބޯޓެއްގަ އެވެ.  

ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ހުކުރު ދުވަހު ތަރިން ވަނީ މާލެ އެނބުރި އައިސްފަ އެވެ. ފިލްމުގެ މަންޒަރުތަކެއް ސިންގަޕޫރާއި ލ އަތޮޅާއި އައްޑޫ އާއި މާލެ އަދި މާލެ އަތޮޅުގެ ރަށްތަކެއްގައި ވެސް ނަގާފައިވެ އެވެ.

ފިލްމުގައި ލީޑު ރޯލުން ފެނިގެން ދަނީ ޖުމައްޔިލު ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމު ޑައިރެކްޓުކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ޕްރޮޑިއުސް ކުރަނީ މުހައްމަދު އަލީ އާއި އައިޝަތު ފުއާދެވެ.

މި ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް