ads
17 އަހަރުގެ ކުއްޖާގަޔަށް ވެކްސިން ޖެހި ޓީޗަރު
17 އަހަރުގެ ކުއްޖެއްގެ ގަޔަށް ވެކްސިން ޖެހި މީހަކު ހައްޔަރު ކޮށްފި
އެމެރިކާގެ ނިއުޔޯކްގެ ސްކޫލެއްގެ ޓީޗަރަކު، ދަރިވަރަކަށް ކޮވިޑް-19 ގެ ވެކްސިނެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނާ ގޮތުގައި ލައުރާ ރޫސޯ މި ޑޯޒް ދީފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި، އޭނާ ވެކްސިން ދިނީ ދަރިވަރުގެ ބެލެނިވެރިންގެ ހުއްދަ ނުހޯދާ ކަމަށެވެ. 

އަދި އޭނާ އަކީ ވެކްސިން ދިނުމުގެ ހުއްދަ އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

ބަޔޮލޮޖީ ކިޔަވައިދޭ އުމުރުން 54 އަހަރުގެ ރޫސޯގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ކަމާއި ގުޅިގެން އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ، ވެކްސިން ޖެހުމަށް ފަހު ވެކްސިން ޖަހާ މީހާއަށް އަންނަ ބަދަލުތައް ގާތުން ބަލަން ޖެހޭނެ ކަމަށާއި، ވެކްސިން ޖެހުމުގެ ކުރިން އެމީހާގެ މެޑިކަލް ހިސްޓްރީ ފަދަ ކަންކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ހުއްދަ އަކީ ކޮންމެ މީހަކަށް ދޭ ހުއްދަ އަކަށް ނުވާއިރު، ރޫސޯގެ މި އަމަލުގެ ސަބަބުން މީހަކަށް ގެއްލުން ދިނުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލޭނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ، ރޫސޯ ވެކްސިން ހޯދީ ކިހިނެއް ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ނިމޭއިރު، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން ފާހަގަ ކުރެވޭނަމަ އެމީހުންގެ މައްޗަށްވެސް ދައުވާ އުފުލާނެ ކަމަށް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް