ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ފިނޭންސް މިނިސްޓަރު ހުއްދައާއިއެކު ގެރެންޓީނުލާ މަޝްރޫއުތަކަށް ފައިސާ ދެވޭގޮތް ހަަދައިފި
ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ދައުލަތުން ހިންގާ ބައެއް މަޝްރޫއުތަކުގެ ކޮންޓުރެކްޓަރުންނަށް ގެރެންޓީއަކާ ނުލާ އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް، މާލިއްޔަތު ގަވައިދު އިސްލާހުކޮށްފި އެވެ.

ދައުލަތުގެ މަޝްރޫއުތަކަށް ގެރެންޓީއެއް ނުބަހައްޓާ އެޑްވާންސަށް ފައިސާ ދިނުން މަނާކޮށް މި ސަރުކާރުން މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައެވެ.

އޭރު އިސްލާހުކުރި ގަވާއިދުގައި ވާގޮތުން އެޑްވާންސްކޮށް ފައިސާ ދެވޭ މަޝްރޫއުތަކަށް އެ ފައިސާ ދޫކުރާނަމަ، އެޑްވާންސް ފައިސާއާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއަށް ސަރުކާރުން ހޯދަން ޖެހެއެވެ. އަދި އެ ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިއުޓަކުން އެ ކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.

ނަމަވެސް އެ އިސްލާހަށް ބަދަލު ގެނެސް ފިނޭންސް މިނިސްޓަރީން އަލުން އިސްލާހުކޮށް އާއްމުކޮށްފައިވާ މާލިއްޔަތު ގަވައިދުގެ ހަވަނަ އިސްލާހުގައި ވާގޮތުން ބީލަމަށް ނުލާ ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދޭއިރު، ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނެތަސް ފައިސާ ދޫކުރެވިދާނެ ކަމަށެވެ.

އެގޮތަށް ފައިސާ ދޫކުރެވޭނީ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑްކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖް ގައި ލިސްޓްކޮށްފައިވާ ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކަށެވެ.

މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތުން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވެނީ ޕްރޮކިއުމަންޓް އަގުގެ 250،000 ރުފިޔާއަށްވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކުގައެވެ. އެގޮތަށް ފައިސާ ދޫކުރެވޭނީ މަޝްރޫއުގެ ޖުމްލަ އަގުގެ 15 އިންސައްތައަށްވުރެ ބޮޑު ނުވާ އަދަދަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް