ads
ފޮޓޯ: ޑީއާރްޕީ
ޖާބިރު ޑްރީމް ކްލަބަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފި
މަތިވެރި ފިނޮޅަށް ކުނި ނޭޅުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިލްތިމާސްކުރައްވައިފި އެވެ.

މަތިވެރި ފަޅު ތެރޭގައި އޮތް މަތިވެރި ފިނޮޅަކީ ޖާބިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވެފައި އޮތް ތަނެކެވެ. އަދި މަތިވެރި ފިނޮޅަކީ "ޖާބިރު ޑްރީމް ކްލަބް" ގެ ގޮތުގައި ފާހަގަ ކުރަމުން އަންނަތަނެވެ.

ޑީއާރްޕީގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކައިރި ރަށްރަށުން މަރިވެރި ފިނޮޅަށް ދަތުރު އަންނަ ފަރާތްތަކުން ޕްލާސްޓިކް ކުނި އެތަނަށް އަޅަމުން އަންނަކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެތަން ސާފުކުރުމުގައި ޖާބިރު އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ވެސް ޑީއާރްޕީން މައުލޫމާތު ދީފައިވެއެވެ. 

46%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް