ads
އަލިފުށީ ފުޓްބޯޅަ ދަނޑު. ފޮޓޯ ފޭސްބުކް އަލިފުށި ފުޓްބޯޅަ
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަލިފުށީގައި
ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު މިހާރު ފެށިގެން ކުރިއަށްދާ، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ރ. އަލިފުށީގައި ކުޅެން އެފްއޭއެމުން ނިންމައިފިއެވެ.

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅެން ނިންމިކަން އިއުލާން ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ. އެހެންނަމަވެސް އަލިފުށި އިހްތިޔާރު ކުރީ ކިހިނެތް ކަމެއް ނޭގެއެވެ.

އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެން ނިންމިއިރު، އެކަމާ ގުޅޭ ގޮތުން މިދިޔަ މަހު ފަހުކޮޅުން ފެށިގެން އެފްއޭއެމުން އައީ އަލިފުށީ ކައުންސިލާ މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި ކުޅިވަރު މިނިސްޓްރީންވެސް ބައިވެރިވިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަށް ޓީމު ވާދަކުރާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅެން ނިންމާފައިވާ އަލިފުށީ ފުޓްބޯޅަ ދަނޑަކީ ޓަރފް ދަނޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް