ads
މިނިސްޓަރ މަހްލޫފު
އިންތިހާބެއް އައުމުން ކޮމަންޑޫ ބޯޅަ ދަނޑެއް ނެތްކަން އެނގިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަން ބޯމަތިވުމާއި އެކު، ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް ނެތްކަން، ކުޅިވަރު ވަޒީރު މަހްލޫފަށް އެނގިވަޑައިގެންފިއެވެ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ކުޅިވަރު ވަޒީރު މަހްލޫފަށް، ކޮމަންޑޫގައި ބޯޅަ ދަނޑެއް ނެތްކަން އެނގިވަޑައިގެން އެ ރަށުގައި ދަނޑުގެ މަސައްކަތް، އެމްޓީސީސީގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ކުރަން ފަށަން ނިންމާފައިވާކަން މަހްލޫފު އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މަހްލޫފް މި ޓްވީޓް ކުރައްވާފައިވަނީ އާއްމުކޮށް އެ ޓްވީޓަށް އެހެން މީހުންނަށް ޖަވާބު ނުދެވޭ ގޮތަށެވެ. 


މަހްލޫފް ވިދާޅުވީ، ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ މިވަނީ 30 އަހަރު. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެގެ ސީއެސްއާރްގެ ދަށުން ދަނޑު ގާއިމްކޮށްދިނުމަށް މިހާރުވަނީ ނިންމާފަ.

މަހްލޫފުގެ މި ޓްވީޓަށް އެތައް ބަޔަކު އަންނަނީ ރައްދު ދެމުންނެވެ. ގިނަ މީހުން ފާހަގަކޮށްފައިވަނީ އިންތިޚާބާ ދިމާކޮށް ކެމްޕެއިނަށް މަހްލޫފް ފަށާނެ ކަމަށް އިއުލާން ކުރި މަސައްކަތެއް ކަމަށެވެ. 

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ކޮމަންޑޫއަށް ވަޑައިގަންނަވަންވަނީ ހަމަ ޖެހިފައެވެ. އަނެއްކޮޅުން އިނދިކޮޅު ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީންވެސް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންވެސް ފޯރީގައި ދަނީ ކުރިއަށެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް