ads
ލަންކާއިން ޓެސްޓުކުރި އެއްވެސް މީހަކަށް ކޮރޯނާވައިރަހެއް ނުޖެހޭ!
ސްރީލަންކާ އިން ކޮރޯނާ ވައިރަހަށް ޓެސްޓްކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ވެސް އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަންކާގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓްއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު ހަތަރު މީހުންނަށް ވެސް އެ ބަލި ޖެހިފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުން ދައްކަނީ ބައްޔަށް ނެގެޓިވް ކަމަށެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ބައްޔަށް ޓެސްޓުކޮށްފައި ވަނީ ޗައިނާގެ ދެ ފަތުރުވެރިއަކާއި ލަންކާއަށް ނިސްބަތްވާ ދެ މީހެކެވެ. އެގޮތުން ލަންކާއަށް ނިސްބަތްވާ ދެމީހުންނަކީ ވެސް ޗައިނާގެ ވުހާން ސިޓީގައި އުޅުމަށް ފަހު އައި ބައެއް ކަމަށް ވެއެވެ. 

ކެއްސުމުގެ އިތުރުން ހުމުގެ އަސަރު ހުރުމާއި ގުޅިގެން އެ މީހުން ކޮރޯނާއަށް ޓެސްޓްކުރިއިރު އެމީހުންގެ ޓެސްޓުތައް ނެގެޓިވް ކަމަށް ދެއްކި ނަމަވެސް އެމީހުން އަދިވެސް ތިބީ އޮބްޒަވޭޝަނުގައި ބައިތިއްބާފައި ކަމަށް ނޫސްތަކުން ބުނެ އެވެ. 

އެގައުމުގެ އެއާޕޯޓުގައި ވެސް ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ ކަންކަން ކުރަމުން އަންނައިރު ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ތަނެކެވެ. 

ޗައިނާގެ ވުހާން ސިޓީން ފެތުރުނު ކޮރޯނާ ވައިރަސް މިހާރު ވަނީ ގިނަ އަދަދެއްގެ ގައުމުތަކަށް ފެތުރިފަ އެވެ. ނަމަވެސް މިބައްޔަށް ޝައްކުކުރެވޭ މީހަކު މިހާތަނަށް ރާއްޖެއިން ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް