ads
ކޮވިޑް---
ކޮވިޑް ގެ ނުރައްކާތެރިކަން ކުޑަވީއެއް ނޫން!
ކޮވިޑް-19 ގެ ބިޔަ ރާޅު ތަކުގެ ތެރޭގައި ދިވެހިން ހޭދަ ކުރި ހިތްދަތި ދުވަސްތައް ހަނދާނުގައި ހަރުލާފައި ހުރީ ދާދި ދެންމެ އަކު ވީކަމެއްގެ ގޮތުގައެވެ.

އެތައް އާއިލާ ތަކަކުން މި ހިތާމަ ތަހައްމަލް ކުރަމުން ދަނީ އެ ފަރާތްތަކުގެ ލޯބިވާ މައިންނާއި ބަފައިންގެ އިތުރުން ދަރިން ދުނިޔެ ދޫކޮށް ދިޔައީ މި ވަބާގެ ސަބަބުން ކަމަށް ވުމުންނެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން މިދާ މަންޒަރުން މި ވަބާގެ މަތިން ދިވެހިން ހަނދާން ނެތުނު ކަހަލައެވެ. 

ސަރުކާރަކުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ރައްޔިތުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒު ވެއެވެ. މިއީ ސަރުކާރުން ގަސްތުގައި ކޮށްފާނެ ކަމެކޭ ބުނުމަކީ، ސަރުކާރަށް ކުރެވޭ މަލާމާތަކަށް ވެދާނެއެވެ. 

ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، ސަރުކާރުން މިވަނީ އަނެއްކާވެސް ގައުމުގައި އަޅާނެ ފިޔަވަޅު ތަކާއި މެދު މަޝްވަރާ ކުރަން ފަށާފައެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހެނީ، މި ފިޔަވަޅުތައް އަޅަން މިޖެހެނީ ކޮން ސަބަބަކާއި ހުރެތޯއެވެ. 

އާ އަހަރަކަށް ދިވެހިން މަރުހަބާ ކީ ހުޅުމާލޭގައި 11،000 އަށް ވުރެ ގިނަ މީހުން އެއްތަންވެ ބޭއްވި ބޮޑު މިއުޒިކް ޝޯ އަކާއި އެކުއެވެ. އެތަނުގައި އެއްވެސް ވަރަކަށް އިޖްތިމާއީ ގޮތުން ބާއްވަންޖެހޭ ގައިދުރު ކަމެއް އޮތް ހެނެއް ހިއެއް ނުވެއެވެ. އެހެން ނަމަވެސް ސަރުކާރުން އެތަނުގައި މިއުޒިކް ޝޯ ބޭއްވުމުގެ ހުއްދަ ދިނީ، ސަރުކާރުން ކުރަން ބޭނުންވި ކަމަކަށް ވުމުންނެވެ. އެރެއަކު ރާއްޖެއަކު ކޮވިޑެއް ނެތެވެ.!

މިއީ އެއްވެސް ހާލަތެއްގައި ސަރުކާރު ބަދުނާމު ކުރުމަށް ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެރޭ އެތަނުގައި ބޭއްވި މިއުޒިކް ޝޯގެ ސަބަބުން އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ހުށައެޅިގެން ދިޔަ ދިއުމަށް ޒިންމާ ވާނެ ހަމަ އެއްވެސް އިދާރާއެއް ނެތެވެ. އެކަމުގައިވެސް ގޯސްވާނީ ހަމަ ރައްޔިތު މީހާއެވެ. އެއީ އޭނާގެ "ފަރުދީ ޒިންމާ" ނުނެގުމުންނެވެ. 

ފަރުދީ ޒިންމާގެ ވާހަކަ ދެއްކުމުގެ ކުރިން ދައްކަން ޖެހޭ މުހިއްމު އެއްވާހަކަ އެބައޮތެވެ. ސަރުކާރުގެ ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކައެވެ. އެޗްޕީއޭއިން މަހަކު އެއް ފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދައްމާލައިގެން ކުރި ހަމަ އެއްވެސް ފައިދާއެއް، ވީ މަންފާއެއް ނެތެވެ. ޕޮޒިޓިވް ވާވަރަށް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. އަދަދު ދުވަހަކަށް ވުރެއް ދުވަހެއް ދަނީ އިތުރު ވަމުންނެވެ. 

ސަރުކާރުގެ ޒިންމާތަކުގެ ވާހަކައިގެ އިތުރުން ބައެއް ފަރާތްތަކުގެ ވާހަކަވެސް ދައްކާލުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މާލޭގައި ކުރިއަށް ދިޔަ "ސިޓީ ނައިޓް މާކެޓް" ގެ ސަބަބުން ވެސް އެތައް ކޭސްތަކެއް އިތުރު ވާނެއެވެ. އެކަމުގެ ފިޔަވަޅު އެޗްޕީއޭއިން އެޅީ އެ ނައިޓް މާކެޓް ނިމުމަށް މަދު ގަޑިއިރު ކޮޅަކަށް ވެފައި ވަނިކޮށެވެ. 

އެހެން ނަަމަވެސް މާލީ ގޮތުން ބަޔަކަށް ގެއްލުން ވެދާނެ ކަމަށް ބުނެ އަލުން އެޗްޕީއޭއިން ވަނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ކައުންސިލަށް ދީފައެވެ. މީގައިވެސް ފެނިގެން މިދިޔައީ، ރައްޔިތުންގެ ފުރާނައަށް ވުރެ މާލީ މަންފާ ބޮޑުވެގެން ދިޔަ ތަނެވެ. 

މިއީ ކޮޅުން ނުލާނެ ވާހަކައެކެވެ. މިއީ ސަރުކާރުގެ އިތުރުން ރައްޔިތުންވެސް ވިސްނަންޖެހޭ ކަމެކެވެ. މިއަދު ނުވި ރައްކަލެއް މާދަމަ އަކު ނުވެވޭނެއެވެ. ދަތް ދޮޅީގައި މާސްކު އެޅުމުގެ ބަދަލުގައި ނޭފަތާއި އަނގަ ނިވާވާނެ ގޮތަށް މާސްކު އެޅުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެން ނޫންނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާ ބޮޑުވެދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް