ads
ރައީސް ސޯލިހު ކޮމަންޑޫއަށް ވަޑައިގެންނެވުމަށް އެއާޕޯޓުގައި
އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ރައީސް ކޮމަންޑޫއަށް ވަޑައިގަންނަވަނީ
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެނޑިޑޭޓްގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާ އަށް ރައީސް ސޯލިހުގެ އިތުރުން ބައެއް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، އެމްޑީޕީގެ ބައެް މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާ އޮންނާނީ ކޮމަންޑޫ އެމްޑީޕީ ހަރުގެ ކުރިމަތީގައެވެ.

އެމްޑީޕީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަ ކުރަނީ އިދިކޮޅު ޕީޕީއެމްއާއި ދާދިފަހުން އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީންނެވެ. އެމްއެންޕީގެ ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާ ރޭ ވަނީ ކޮމަންޑޫގައި ބާއްވާފައެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓާއެކު އެޕާޓީގެ ޓީމެއްވެސް ރޭ އެރަށަށް ވަނީ ގޮސްފައެވެ. 

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ ބައިއިލެކްޝަނެއް ބާއްވަން ޖެހުނީ އެދާއިރާގެ މެންބަރު ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުްނަވައި، އަލަށް އުފެއްދެވި ސިޔާސީ ޕާޓީ އެންއެމްޕީން އެދާއިރާއަށް ވާދަކުރައްވަނި ކޮމަންޑޫއަށް ނިސްބަތްވާ އަބްދުލް ހަންނާނު އިދްރީސްއެވެ. ހަންނާނަކީ ގިނަދުވަސްތަކެއްވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޕީޕީއެމްއިން ވާދަކުރަނީ އެޕާޓީގެ މެންބަރު މޫސާ ފަތުހީ އެވެ. 

އިލެކްޝަނުން މިހާރު ވަނީ ވަގުތީ ލިސްޓް އާންމު ކޮށްފައެވެ. އަންނަމަހުގެ 5 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަނުން ބުނަނީ 3316 މީހުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް