ads
ހަމަލާ އަމާޒުވި ކުއްޖާ ހޭނެތިގެން މާލެ ފޮނުވާލަނީ——
އަންހެން ކުއްޖެއްގެ މައްސަލާގައި ގަލުން ހަމަލަދީ ކުޑަކުއްޖެ ބޯ ފަޅާލައި ޒަހަމުކޮށްލައިފި
އަންހެން ކުއްޖެއްގެ މައްސަލާގައި، ފ. ނިލަންދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ގަލުން ހަމަލާދީ ކުޑަކުއްޖެއްގެ ބޯފަޅާލައި ޒަހަމުކޮށްލައިފި އެވެ.

ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު "ސީއެންއެމް"އަށް ވިދާޅުވީ، އެކަން ހިނގާފައިވަނީ ރޭ 21:00 އާއި 22:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެ މާރާމާރީއަކީ އަންހެން ކުއްޖެއްގެ މައްސަލާގައި 18 އަހަރުން ނުފުރޭ ކުޑަކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ. 

އެ މާރާމާރީ ހިނގާފައިވަނީ އެކީގައި އުޅޭ ކުދިންތަކެއްގެ މެދުގައި ކަމަށާއި، ހަމަލާ އަމާޒުވީ އޭގެތެރެއިން އެއް ކުއްޖަކަށް ކަމަށާއި ހަތަރު ކުއްޖަކު ވެގެން އެކުއްޖާއަށް ހަމަލާދީފައިވަނީ ގަލުން ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އިތުރު ތިން ކުއްޖަކު އެކުއްޖާ ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައިވާއިރު ހަމަލާ އަމާޒުވި17 އަހަރުގެ ކުއްޖާ ހޭނެތިގެން ރޭ 22:00 ހާއިރު ވަނީ އެމަޖެންސީގައި މާލެ ފޮނުވާލާފައެވެ. 

އެކުއްޖާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ކުއްޖާގެ މަންމަ އާއި ހަވާލާދީ އިބްރާހިމް ވިދާޅުވީ، ކުއްޖާގެ ބޮލުން ހަތަރު ތަނަކުން ފަަޅައިގެން ގޮސްފައިވާ ކަމަށާއި، އިތުރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސީޓީ ސްކޭންއެއް ހަދާފައިވާކަމަށެވެ. 

" ކުއްޖާގެ ހާލު ބަލަން އަޅުގަނޑު ގުޅާލުމުން ކުއްޖާގެ މަންމަ ބުނި ގެންދިޔައިރު ހޭނެތިފައި އޮތަސް މިހާރު ހޭ އަރާފައިވާ ކަމަށް. ނަމަވެސް ކުއްޖާއަށް ވާހަކަ ނުދެއްކޭ ކަމަށް އަގަޔަކުން ނުބުނެވޭ ކަމަށް އެފަދަ ހާލެއްގައި އޮތީ،" ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް

ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވަނީ ހަތަރު ކުއްޖަކުވެގެން އެ ކުއްޖާގެ ސީދާ ބޮލުގައި ގަލުން ތެޅުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، މައުލޫމާތު ލިބިފައިވަނީ ބޮލުގައި ގާބުރިއަކުން ތެޅީ ކަމަށާއި، ވައްޓާލައިގެން ވެސް ކުއްޖާގެ ބޮލުގައި ގާބުރިން ތަޅާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

މި ހަމަލާ ދީފައިވަނީ، ނިލަންދޫ ހިއްކި ސަރަހައްދުގައި ޖަހާފައިވާ އުސް ފަސްގަނޑަކަށް ކުއްޖާ ގެންގޮސްގެން ކަމަށް މައުލޫމާތު ލިބޭކަމަށާއި އެއީ މީހުން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫން ކަމަށް އިބްރާހިމް ވިދާޅުވިއެވެ. 

އަންހެން ކުއްޖެއްގެ މައްސަލާގައި ކަމަށް މައުލޫމާތު ލިބެނީ. އެ އަންހެން ކުއްޖާ މާލޭގައި ހުރެފައި އައީ އާފަހުން މިކަމެއް ހިނގައިގެން މިދިޔައީ. މާރާމާރީ ހިނގާފައިވަނީ އެއް ގުރޫޕެއްގައި ހިމެނޭ ކުދިންތަކެއްގެ މެދުގައި ކަމަށް މައުލޫމާތު ލިބެނީ އެއްކޮށް އުޅޭ ކުދިންތަކެއް މިއީ. އަނެއްހެން މީގެ ކުރިން މިކަހަލަ ކަމެއް ހިނގާފައެއް ނުވޭ އެ ކުދިންގެ މެދުގައި- އިބްރާހިމް 

ކައުންސިލުގެ ރައީސް ވިދާޅުވީ މާރާމާރީ ހިންގީ ކުރިން އެކަހަލަ ކަމެއް ކުރާ ކުދިން ނޫންކަމަށާއި، މިކަން ހިނގައިގެން ދިޔައީ ޖެހުނު މައްސަލައެއްގެ ތެރެއިންކަމަށް ބެެލެވޭ ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން އެއްވެސް ކުއްޖަކު މިހާތަނަށް ހައްޔަރު ކޮށްފައެއްވެސް ނުވެއެވެ. 

ނިލަންދޫގައި ރޭ ހިނގި މާރާމާރީ އާ ގުޅޭގޮތުން ފުލުހުންގެ ބަހެއް މިކަމުގައި އަދި ނުލިބެއެވެ.    

9%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް