ads
ޖަގަން އާއި އަކްޝޭ--
ޑައިރެކްޓަރު ޖަގަން އެޑްމިޓްކޮށްފި، ހާލު ސީރިއަސް
މިދިޔަ އަހަރު ނެރުނު ފިލްމު މިޝަން މަންގަލްގެ ޑައިރެކްޓަރު ޖަގަން ޝަކްތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޖަގަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ސިކުނޑީގައި ކްލޮޓެއް އިނުމުގެ ސަބަބުންނެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

މިޝަން މަންގަލް އަކީ ޖަގަން ފުރަތަމަ ޑައިރެކްޓުކުރި ބޮލީވުޑު ފިލްމެވެ. އެފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

"މިޝަން މަންގަލް" އަކީ އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހެދި ފިލްމެކެވެ.

ފިލްމުގައި ފެނިގެން ދިޔަ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ތާޕްސީ ޕަންނޫ އާއި ސޮނާކްޝީ ސިންހާ އާއި ވިދްޔާ ބާލަން އާއި ކްރިތީ ކުލާރީ އާއި ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީ ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް