ads
ރައީސް ސޯލިހް---
ރައްޔިތުން ވޯޓު ދޭން ވާނީ ބަގާވާތާ ދެކޮޅަށް: ރައީސް ސޯލިހް
ރައްޔިތުން ވޯޓު ދޭ އިރު ވިސްނަންވާނީ ބަގާވާތާއި، މަނީ ލޯންޑަރިންއާއި ދެކޮޅަށް ވޯޓު ދޭން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް(ކާނަލް ނާޒިމް)އަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްދުކުރައްވައިފި އެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރެއްވުމަށް ރޭ ށ. ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރަން ހެޔޮ ނުވާނެ ކަމަކީ މުޅިން އެހެން ކަމަކާއި ގުޅޭ ބަޔަކަށް ވޯޓު ދިނުން ކަމަށެވެ. 

އެގޮތުން ކާނަލް ނާޒިމް އާއި، ކުރީގެ ރައީސް ޔާމީނަށް ވެސް ނުސީދާ ގޮތުން ބަހުގެ ހަމަލަ ރައްދުކުރައްވާ އެ ފަރާތްތަކަށް ވޯޓު ދެއްވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް ސޯލިހް ވާހަކަ ދެއްކެވިއެވެ.

"ރައްޔިތުން ވޯޓު ދެއްވަން ވާނީ ޑްރަގުގެ ވިޔަފާރީއާއި ދެކޮޅަށް. އަދި ވަގުވިޔަފާރީއާއިވެސް ދެކޮޅަށް. ދައުލަތުގެ ފައިސާއިން މަނީ ލޯންޑަ ކުރުމާއިވެސް ދެކޮޅަށް. އަދި ބަގާވާތާއިވެސް ދެކޮޅަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިހުރިހާ ކަމަކަށް ނޫނެކޭ ބުނާނެ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދު ކަމަށާއި، އެންމެންވެސް އޭނާއަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

ރައީސް ސޯލިހް އިއްޔެ ށ. ކޮމަންޑޫއަށް ވަޑައިގެންނެވީ ރާޝިދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށެވެ. އެ ދަތުރުގައި އެރަށުގައި 32 އަހަރުވަންދެން ހިންގަމުންދިޔަ އިންޖީނުގެ ބަންދުކޮށް ފެނަކައިން ތަރައްގީ ކޮށްފައިވާ އާ އިންޖީނުގެ ހުޅުއްވާ ދެއްވިއެެވެ. 

ރައީސް ސޯލިހް ޕީޕީއެމްގެ ރައީސް ޔާމީންއާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނަޒީމަށް އަށް ނުސީދާ ގޮތުން ބަހުގެ ހަމަލާ ދެއްވިއިރު، މި އިންތިހާބުގައި އިދިކޮޅުން ދެން ބައިވެރިވަނީ އެމްއެންޕީއާއި، ޕީޕީއެމް އެވެ. 

ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރައްވާ ދެ ޕާޓީގެ ކެންޑިޑޭޓުންވެސް މިހާރު ގެންދަވަނީ ދާއިރާގެ ތިން ރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އެމްއެންޕީގެ ރައީސް ނާޒިމް އާއި ކެންޑިޑޭޓު ގާނޫނީ ވަކީލު މުސާ ފަތުހީ އެރަށަށް ވަޑައިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. 

އަދި ޕީޕީއެމްގެ ކެންޑިޑޭޓު، ގާނޫނީ ވަކީލު މުސާ ފަތުހީވެސް ވަނީ ކޮމަންޑޫއަށް ހަމައެރޭ ކެމްޕެއިން ޓީމާއިއެކު ވަޑައިގެންފައެވެ. މި ކެމްޕެއިންގައި ބައިވެރިވުމަށް މި ހަފްތާ ތެރޭ ރައީސް ޔާމީންވެސް އެ ރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް