ads
ޝާހިދު ކަޕޫރު--
ތުން ފަތަށް ލިބުނު އަނިޔާއަށް ފަހު ޝާހިދު އެނބުރި މަސައްކަތަށް!
ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު، އޭނާގެ ކުރިއަށް އޮތް ފިލްމު، ޖޯޒީގެ މަސައްކަތުގައި އުޅެނިކޮށް ތުންފަތަށް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަނިޔާވެފަ އެވެ.

މި ފިލްމުގައި ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން އޭނާ ފެނިގެންދާއިރު ތުންފަތަށް އަނިޔާވީ ފިލްމުގެ ޝޫޓިންގެ ތެރެއިން ބޯޅައެއް އޭނާގެ ތުންފަތުގައި ޖެހިގެންނެވެ. 

ނޫސްތަކުން ބުނާ ގޮތުގައި ޝާހިދުއަށް އަނިޔާވީ ފިލްމުގެ ދެވަނަ ޝެޑިއުލުގެ ޝޫޓިންތަކުގެ ތެރެއިންނެވެ. ބޯޅައިނ ޖެހި އޭނާގެ ތުންފަތަށް ވަރަށް ބޮޑަށް އަނިޔާވި ނަމަވެސް މިހާރު މިވަނީ އަލުން އެނބުރި މަސައްކަތާ ގުޅިފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަމަން ގިލް ބުނީ ޝާހިދަކީ ވަރަށް ޕްރޮފެޝަނަލް ތަރިއެއް ކަމަށެވެ. އެގޮތުން ވަގުތު ބޭކާރުގެ ކުރުމުގެ ބަދަލުގައި އަނިޔާވުމުން ރަނގަޅަށް ފަރުވާ ހޯދުމަށްފަހު އޭނާ މިވަނީ މަސައްކަތަށް އެނބުރި އައިސްފައި ކަމަށެވެ.

 

ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ތެލުގޫ ފިލްމު "ޖޯޒީ"ގެ ހިންދީ ރިމޭކެވެ. އެންމެ ފަހުން ޝާހިދު ފެނިގެން ދިޔައީ "ކަބީރު ސިންގް" އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް