ads
7300 އަކަމޭލުގެ ސަރަހައްދެއް ބެލިއްޖެ، އަލަމާ ދޯނީގެ ކައްޕި އަދިވެސް ނުފެނޭ
ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުންދިޔަ "އަލަމާ 5" ދޯނީގެ ކެޕްޓަން އާދަމް ޝަފީޤްގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެހެންވެ، އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން، ޖަނަވަރީ 8 ވަނަ ދުވަހުގެ ރެއާ ހިސާބަށް ހިންގި އެކްޓިވް ސާޗް ވަނީ ސަފޭސް ސާޗަކަށް (ކަނޑުމަތި އެކަނި ބެލުން) ބަދަލު ކޮށްފައިކަމަށެވެ. 

ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މަޢުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ބައްލަވައި ދެއްވައި، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާ ކޮށްދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ. 

ޖަނަވަރީ 3 ވަނަ ދުވަހު، ފ.ފީއަލީން ފުރައިގެން މާލެއަށް ދަތުރުކުރި އަލަމާ-05 ދޯނި އެދުވަހުގެ 22:50 ހާއިރު ވ.ފުސްފަރު ހުޅަނގުން އަޑިއަށް ގޮސް ދޯންޏާއި ދޯނިން ދަތުރުކުރި ތިން މީހުން ކަނޑުވުމާ ގުޅިގެން ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރެވުނު މަސައްކަތުން ޖެނުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 06:50 ހާއިރު އެ ދޯނިން ދަތުރުކުރި ބަންގްލަދޭޝްގެ ދެ ފަޅުވެރިންވަނީ ސަލާމަތް ކޮށްފައެވެ.

އެހެންނަމަވެސް ދޯނީގެ ކެޕްޓަން އާދަމް ޝަފީޤް އަދި މިހާތަނަށްވެސް ފެނިފައެއް ނުވެއެވެ.

އެހެންވެ، އެ ދޯނީގެ ކެޕްޓަން ނުފެންނާތީވެ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބެލިފައިވާ ކަމަށާއި، އަލަމާ-05 ދޯންޏާއި ދޯނިން ގެއްލުނު 3 މީހުން ހޯދުމަށް ކޯސްޓްގާޑުގެ ކަނޑާއި ވައިގެ އުޅަނދުފަހަރު ވަނީ ބޭނުން ކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި މީހުން ހޯދުމަށް ދޯނީގެ ވެރިފަރާތުގެ އިތުރުން މި ސަރަހައްދުގެ ރަށު ކައުންސިލް އިދާރާތަކާއި، ރިސޯޓްްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ރާއްޖޭގެ ފުލައިޓް އޮޕަރޭޓްކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ދޯނިން ދަތުރުކުރި ދެ ބިދޭސީ މީހުން ފެނުނީ، އަޑިއަށް ދިޔަ ދޯނިން އޮޔާދިޔަ ހަންތަކެއްގައި އެލިގެން ތިއްބަައެވެ. އެމްއެންޑީއެފުން ބުނީ އެދެމީހުންނަށް ގުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ދިނީ ކުންފުނީގެ ފަރާތުން ރޭ 22:12 ގައި ކަމަށާއި، އެމީހުންނާއި ކޯސްޓުގާޑަށް ގުޅުނީ 22:29 ގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް