އެފްއޭއެމުން ކުރިން ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން
ފުޓްސަލް ގައުމީ ޓީމެއް ނެތް، ކޯޗެއް ނެތް އެކަމަކު ބޭރު މުބާރާތަށް
Share
ފުޓްސަލްގެ ގައުމީ ޓީމެއް، އަދި ގައުމީ ކޯޗެއްވެސް ނެތީސް، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.
Advertisement

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގުރުއަތު ނަގައި އޭއެފްސީން މެޗު ޝެޑިއުލް މިހާރު އާއްމުކޮށްފައިވާއިރު، ރާއްޖެ ހިމެނިފައިފަވީ ވަރުގަދަ ޓީމުތަކަކާ އެކުއެވެ. އެއީ އިރާން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މެޗުތައް ކުޅޭނީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކިރްގިސްތާނުގައެވެ. 

މެޗުތަކާ ދެމެޗު ދެމަހެއްހާ ދުވަސް އޮތް އިރު، ރާއްޖޭގައި ފުޓްސަލް ގައުމީ ޓީމެއްނުވެސް ނެތެވެ. ކުރިންވެސް އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވެވި ފުޓްސަލް ޓީމެއް ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ގޮސް ދަށް ނަތީޖާތަކަށް ހޯދާފައިވެއެވެ. އެއީ ދެހާސް ސަތާރަވަނަ އަހަރުއެވެ.

ގައުމީ ޓީމެއް އަދި ގައުމީ ކޯޗެއް ނެތީސް މުބާރާތުގައި ބައިވެރިވާން ނިންމި ނަމަވެސް ވަރަށް އަވަހަށް ގައުމީ ޓީމެއް އެކުލަވާލަން އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ފުޓްސަލްއަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކުޅޭ އެއް ކުޅިވަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް