ads
އީޔޫގެ އާ ސަފީރު މަގާމުގެ ލިޔުން ރައީސް ސޯލިހްގެ އަތްޕުޅަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
އީޔޫގެ އާ ސަފީރު ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު ރައީސް ވަނީ އީޔޫގެ އާ ސަފީރާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ފާއިތުވި އަހަރު ދިވެހިރާއްޖެ އާއި އީޔޫއާ ދެމެދު ގުޅުން ބަދަހިވެފައިވާ މިންވަރާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އީޔޫގެ މަތީ ފަންތީގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކާއި "މޯލްޑިވްސް-އީޔޫ-ޑައިލޮގް"ގެ ސަބަބުންވެސް ރާއްޖެއާއި އީޔޫގެ ބަދަހި ގުޅުން ކަށަވަރުވާ ކަމަށް ވިދާޅުވި އެވެ. 

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީޔޫގެ ގައުމުތަކަކީ 2050 ވަނަ އަހަރުގެ ނިޔަލަށް "ކާބަން ނިއުޓްރަލް" ގައުމުތަކެއްގެ ކަމުގައި ހެދުމަށް ޔޫރަޕިއަން ޔޫނިއަން ކައުންސިލުން ނިންމަވާފައިވާ ނިންމެވުމަށް ތައުރީފުކުރައްވާ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފްގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަޝްވަރާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އީޔޫގެ އާ ސަފީރު ދެނިސް ޗައިބީގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ، ރާއްޖެއާއި އީޔޫގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި އީޔޫގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ޚިޔާލު އެއްގޮތް ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ރަށްކާތެރިވުމަށާއި، ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވި އެވެ. އަދި ހާއްސަ ގޮތެއްގައި ޔޫރަޕިއަން ޔޫނިއަނުން އިސްކަމެއް ދީގެން ކުރުމަށް ރާވާފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި، އިންސާނުން އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރުމާއި، ޑިޖިޓަލައިޒޭޝަނަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. 

މި ބައްދަލުކޮށްލެއްވުމުގައި ސަފީރު ވަނީ ރާއްޖެއިން ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްތައް ބައްޓަން ކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި ވެސް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް