ads
އައިޖީއެމްއެޗް
ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ތަހުގީގުކުރަނީ
ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ 49 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:23 ހާއިރު ކަމަށެވެ. 

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މިމައްސަލަ ފުލުހުން ތަހުގީގުކުރާ ވަކި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މަރުވި މީހާގެ މަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް