ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކޮރޯނާ ވައިރަސް ފެތުރުނަސް މިއީ ޕެނިކް ވާން ޖެހޭ ހާލަތެއް ނޫން: މިނިސްޓަރު
ކޮރޯނާ ވައިރަސް ގައުމުތަކަށް ފެތުރެމުން ދިޔަ ނަމަވެސް މިވަގުތަކީ ޕެނިކްވުން ނުވަތަ ހާސްވާންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްގެ ކަންކަމުގައި ރާއްޖެ މިވަގުތު އޮތީ ޕެނިކް ވާންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ވައިރަހެއް ކަމަށާއި އެހެންކަމުން ނުރައްކަލަށް ބަލައިގެން ރާއްޖެއިން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ސްކްރީން ޕްރޮގްރާމު ވަރުގަދަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެެވެ. 

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މައުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ހާމަކުރައްވާނެ ކަމަށެވެ. އެގޮތުން މިކަމުގައި ސަރުކާރަށް ދަތިތަކެއް ހުރި ނަމަ އެކަން ވެސް ހާމަކުރައްވާނެ ކަމުގައި ވިދާޅުވި އެވެެ. 

"ޝައްކު ކުރެވޭ މީހަކު ނެތް. ފަރުވާ ދޭންޖެހޭ މީހަކު ވެސް ނެތް. ހޮސްޕިޓަލްތައް މިހުރީ މިކަމަށް ތައްޔާރުކޮށްފައި،" ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވި އެވެ. 

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިކަމަށް ހާއްސަކޮށްގެން ކޯޑިނޭޝަން ކޮމިޓީއެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަޝީދު ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުނު ކަމަށް ބައެއް ފަރާތްތަކުން ބުނަނީ މިވައިރަސް އަށް ސްކްރީން ކުރުމުގެ ތެރޭގައި ބައެއް މީހުންނާ އިތުރަށް ސުވާލުކުރާތީ ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ރާއްޖެއިން މިހާތަނަށް އަދި ފެނިފައި ނުވާ ކަމުގެ ޔަގީންކަން ޑރ. ނަޒްލާ މިރޭވެސް ވަނީ ދެއްވާފަ އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ރާއްޖޭގެ މާހައުލާ ވެސް ގުޅޭގޮތަށް ކަމަށެވެ. ކުރިއާ ހިލާފަށް ކޮރޯނާ ވައިރަސް މިހާރު ފެތުރެމުން ދަނީ ވަރަށް ހަލުވިކަމާ އެކުގައި ކަން ފާހަގަކުރައްވަމުން ޑރ. ފަޒްލާ ވިދާޅުވީ ރާއްޖެއިން ކޮރޯނާ ވައިރަސް ހުރި މީހަކު ފެނިއްޖެނަމަ އެމީހަކު ބަހައްޓާނެ ކަރަންޓީން ފެސިލިޓީ ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ހޮސްޕިޓަލްތަކުން ކޮރޯނާ ވައިރަސްގެ ހާލަތުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންތައް ވާނީ ހިއްސާކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ. 

ޑރ. ފަޒްލާ ވެސް ވިދާޅުވީ ކޮރޯނާ ވައިރަހަކީ ވަކި ކަހަލަ ކަންތައްތަކަކަށް ރަނގަޅަށް ބަލައިގެން އުޅެފިނަމަ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަހެއް ނޫން ކަމަށެވެ. އެހެންކަމުން ޑރ. ފަޒްލާ ވެސް ވިދާޅުވީ މިއީ ޕެނިކް ވާންޖެހޭ ވަގުތެއް ނޫން ކަމަށެވެ. 

ޑރ. ފަޒްލާ އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް އެންމެ ހަލުވި ކަމާ އެކު ފެތުރެމުން ދަނީ ޗައިނާގައި ކަމަށްވީ ނަމަވެސް ޗައިނާ އިން އަންނަ އެންމެންނަކީ ކޮރޯނާ ވައިރަސް ހުރި މީހުން ކަމަށް ދެކި އެ އެންމެން ސްކްރީން ކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެއަށް މީހުން އެތެރެވާ ބަނދަރުތަކުން ރާއްޖެއަށް އެތެރެވާ މީހުން އެމީހުންނަށް އެހާ ބޮޑަށް ނޭނގޭ ގޮތަށް ސްކްރީން ކުރަމުންދާނެ ކަމަށާއި ޝައްކުވާ މީހުންނާ ސުވާލުކޮށް، ހަދަންޖެހޭ ޓެސްޓެއް ވާނަމަ އެކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. 

ނޫސްވެރިންގެ މިބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އިސްމާއީލް ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ވައިރަހަކަށްވީ ނަމަވެސް މިއީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިއްޖެނަމަ ކޮރޯނާ ވައިރަހުން ރައްކާތެރިވެވޭނެ ކަމަށެވެ. 

ކޮރޯނާ ވައިރަހަށް ހާއްސަ ވެކްސިނެއް އަދި ހާއްސަ ބޭހެއްވެސް މިވަގުތު ނެތް ކަން ފާހަގަކުރައްވަމުން ޑރ. އިސްމާއީލް ވިދާޅުވީ މީހެއްގެ ހަށިގަނޑުގައި މިވައިރަސް ހުރި ނަމަވެސް ދެ ދުވަހާއި 14 ދުވަހުގެ މުއްދަތަކަށް އެކަން ނޭނގި ހުރެދާނެ ކަމަށެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި އެމީހާގެ ގައިން އެހެން މީހެއްގެ ގަޔަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. 

ޑރ. އިސްމާއީލް ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ އެހާ ފަސޭހައިން ފެތުރޭ ވައިރަހެއް ނޫން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކަށް މިވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކަމަށާއި ނަމަވެސް މިވައިރަސް ޖެހި މީހެއްގެ ހާލަތު ނާޒުކު ހާލަތަކަށް ގޮސްފިނަމަ ފަރުވާ ދެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެެ. 

މިބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާ ކެއްސާ ކިބިހި އަޅާއިރު އޭނާއާ ވަރަށް ގާތުގައި ހުރުމުން ކުޅުގެ އަސަރު، ނުވަތަ ލޮލުން ފައިބާ ކަރުނަ ފަދަ ދިޔަ އަނެއް މީހާގެ ގައިގައި ޖެހިގެން ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ. ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއްގެ ކުޅު ހުރި ތަނެއްގައި އަތްލެވި، އަތް ނުދޮވެ އުޅެނިކޮށް ހަށިގަނޑުގައި އަތް ލެވިއްޖެނަމަ އެ ހާލަތުގައި ވެސް މިވައިރަސް ހަށިގަނޑަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށާއި ކޯރޯނާ ވައިރަސް އަށް ޝައްކުވާ މީހުންނާ ކައިރި ނުވުމަށް ޑރ. އިސްމާއީލް ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ޑރ. އިސްމާއީލް އިތުރަށް ވިދާޅުވީ ކޯރޮނާ ވައިރަސް ޖެހެނީ ނޭވާލާ ނިޒާމަށް ކަމަށްވާތީ މިވައިރަސް ހަށިގަނޑުގައި ހުރި ނަމަ ކެއްސާއި ކިބިހި އެޅުމާއި، ނޭފަތުން އަރިދަފުސް އައުމާއި، ބޭރަށް ހިންގުމާއި އަދި ވަރުބަލިވުން ފަދަ އަލާމަތްތައް ފެންނާނެ ކަމަށެވެ. 

ކޮރޯނާ ވައިރަސްއަށް ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން 10 ގައުމަކުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މީގެތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ބައެއް ގައުމުތަކާއި ދިވެހިން ތަފާތު ބޭނުންތަކުގައި ދިރިއުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

4%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
73%
ވަރަށް ސަލާމް
ކޮމެންޓްސް