ads
ލޯބި ދިނުމަށްފަހު އަންހެންކު އޮޅުވާލި ދެ ފިރިހެނުން
ވަގު ބިޓުގެ މައްސަލައިގައި ލޯބިވެރިޔާ ލޮލަށް އެލްޓިކޯ އަޅާލީ އެއްވެސް ރަހުމެއް ނެތި!
މީގެ 15 ވަރަކަށް އަހަރު ކުރިން ދިމާވި މިހާދިސާ އަކީ ވަގު ބިޓްގެ މައްސަލައިގައި ލޯބިވެރިޔާ ލޮލަށް އެލްޓިކޯ އަޅާލާ އޭނާގެ މުޅި ދިރިއުޅުން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވިގެން ދިޔަ ހިތްދަތި ހާދިސާއެއްގެ ވާހަކައެވެ.

މި ހިތްދަތި އަނިޔާވެރި މިވާހަކަ "ސީއެންއެމްއާ" އާ ހިއްސާ ކުރަމުން އެ އަންހެން ކުއްޖާގެ ރައްޓެއްސެއް ކަމަށްވާ އާމިނަތު (އަސްލުނަމެއްނޫން) ބުނީ މީގެ އަހަރުތަކެއް ކުރިން ސަމާ (އަސްލުނަމެއްނޫން) އަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި ނަމަވެސް މިހާރު ގައުމުން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން ގުޅުން ދުރު ކަމުގައި ވިޔަސް ސަމާއަށް ހެޔޮގޮތް އެދޭކަމަށެވެ.

އޭރު ސަމާގެ އުމުރުން 18 އަހަރެވެ. ސްކޫލް ދައުރު ނިމި ސަމާ ވެސް ކުއްޖަކާއި ރައްޓެހި ވިއެވެ. ނިއާފް އާއި ލޯބީގެ ގޮތުން ގުޅުނީ ނިއާފް ސަމާއަށް އިންތިޒާރު ކުރާތާ އެެތަށް ދުވަހެއްގެ ފަހުންނެވެ. ލޯބީގެ ގޮތުން ގުޅި ސަމާ އަދި ނިއާފްގެ ހުރިހާ ވަގުތެއް ދެ މީހުން ދެ މީހުން ނަށް ދެމުން ދިޔައީ އިތުބާރާއި ޔަގީން ކަމާއި އެކުގައެވެ.

ކުއްލިއަކަށް ނިއާފްގެ މަންމަ މާބޮޑަށް ބަލިވެ ރާއްޖޭއިން ބޭރަށް ދާން ޖެހުނެވެ. އާއިލާގެ މާގިނަ ބަޔަކު ނެތުމުގެ ސަބަބުން ދާން ޖެހުނީ ނިއާފް އަށެވެ. ފުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ސަމާ އާއި ނިއާފްގެ ބައްދަލު ވުންތައް ގިނަވަމުން ގޮސް އެންމެ ފަހު ރޭ ވައުދު ތަކާއި އަހުދުތައް ވަމުންދިޔައީ ދުވަހަކު ވެސް ވަކިނުވާނެ ކަމަށެވެ.

ޖެހިގެން އައި ދުވަހު ނުވައެއް ޖަހަންވާ އިރަށް ފުރަން އޮތް ލޯންޗަށް އަރަން ޖެހޭ އިރު، ނިއާފް ދިޔައީ ސަމާ އާ އެކު އެ ރޭ ވަގުތު ހޭދަކޮށް އޭނާއަށް ހިތުގެ އެންމެ ފުން ފަށަލައިން ވައުދު ވަމުންނެވެ. ހަފްތާ އެއްގެ ތެރޭގައި އަންނާނަން ސަމާ އަހަރެން ދޫކޮށްފައި ނުދާތި އަހަރެން މޮޔަ ވެދާނެ، ނިއާފްގެ އެންމެ ފަހު ޖުމްލަ އަކީވެސް އެއީ ކަމުގައި އާމިނަތު ބުންޏެވެ. 

ނިއާފް ފުރުވަން ލޯންޗް ކައިރިއަށް ގޮސް ހުރި ސަމާގެ ލޮލުން ކަރުނަ ފާއްދަމުން ދިޔައީ ސަމާ ވެސް ނިއާފް ދެކެ އިންތިހާއަށް ލޯބިވާތީ އެވެ. ލޯންޗު ރަށުގެ ނެރުން ނުކުމެ ކަނޑުގެ ފޮނުތައް ކަހަމުން މޯހިރު ގެއްލެން ދެން ކަޅި ޖަހާނުލާ ސަމާ އަށް އިނދެވުނީ ކިހާއިރަކު ކަމެއް ވެސް އޭނާ އަށް ނޭނގުނެވެ.

ނިއާފްގެ ދަތުރުގެ މަންޒިލް އަށް ފުރަތަމަ މަޑު ކުރީ މާލޭގައެވެ. މާލޭ ފަސްގަނޑުގައި ފައި ޖެހުމާއެކު ނިއާފް އޭނާގެ ލޯބިވާ ސަމާ އަށް ގުޅިއެވެ. ރާއްޖޭން ބޭރަށް ފުރަން ހަމަޖެހިފައި އޮތީ މާދަމާ ނޫން އަނެއް ދުވަހު ކަމަށާއި، މާދަމާ މަންމަގެ ބައްޔަށް ބޭނުންވާ އެހީ ހޯދުމަށް އެކި މީސް މީހުން ކައިރިއަށް ދާން ޖެހޭތީ ނުގުޅި ދާނެ ކަމަށް ވެސް ނިއާފް ބުންޏެވެ.

ޖެހިގެން އައި ދުވަހު ނިއާފް އޭނާގެ މަންމަގެ އެހީ ހޯދުމަށް ކުރި މަސައްކަތުން ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމުގައި ވިޔަސް ވެފައި ހުރި ވަރުބަލި ކަމާއިއެކު ނިދަން އެނދަށް އެރިއެވެ. ފޯނުގައި ސާމާގެ މިސް ކޯލްތައް ހުރި ކަމުގައި ވިޔަސް ވަރުބަލި ވުމުގެ ސަބަބުން އެނދުގައި ޖެހުނު ގޮތަށް ނިއާފްއަށް ނިދުނެވެ. 

ނިއާފް އަށް ހޭލެވުނީ ފުރަން ގަޑި ޖެހެން ކައިރިވި ފަހުންނެވެ. އަވަސް އަަވަހަށް ދަތުރަށް ރެޑީވެ ރާއްޖެއިން ފުރީ އެވެ. މަންމަ ބަލިން ރަނގަޅުވެ އަވަހަށް ރާއްޖެ އާދެވި ސަމާ އާ ކައިވެނި ކުރެވޭނެ ކަމުގެ އުއްމީދުގައެވެ. ތައިލެންޑް އެއާޕޯޓްގައި ފައި ޖެހުމާއެކު ނިއާފް އޭނާގެ މަންމަގެ ފަރުވާއަށް އަވަސްވެގަތެވެ. ޑޮކުޓަރަށް ދެއްކުމާއެކު ޑޮކްޓަރު ބޭސް ދިނުމަށް ފަހު އެއްމަސް ދުވަހަށް ބޭހަށް ބެލުމަށް ފަހު ފުއްޕާމެގެ އޮޕްރޭޝަން ކުރާނެ ކަމަށް ބުންޏެވެ. 

ކިތަންމެ ދުރުގައި ހުއްޓަސް ސަމާގެ ހަނދާންތަކާއި އެ ފޮނި ފޮނި ރޭ ރޭގެ ހަނދާންތައް ނިއާފްގެ ހިތަކުން ފިލައިގެން ނުދެއެވެ. މަންމަގެ ހާލަތު ބޮޑުވެ މަންމަ އަށް ވަގުތު ދޭން ޖެހުމުގެ ސަބަބުން މެސެންޖާއިން ވާހަކަ ދެއްކުނު ކަމުގަވިޔަސް ނިއާފް އަށް ދެވޭ ވަގުތު ކުޑަވިއެވެ. ސަމާ އެކަމާ ޝަކުވާ ކުރަމުން ދިޔަ އެވެ. ނަމަވެސް ކައިވެއްޏަށް ހުރިހާކަމެއް ރެޑީވެފައި އޮތުމުން، ނިއާފް އަންނަންދެން ސަމާ އިންތިޒާރު ކުރާނެ ކަމުގެ ޔަގީން ކަން ނިއާފަށް އޮތެވެ.

ޑޮކްޓަރުގެ ބޭސް ބޭނުން ކުރުމަށް ފަހު މަންމަގެ އޮޕްރޭޝަން ކުރެވުނެވެ. އަދި ކާމިޔާބް އޮޕަރޭޝަނަކަށް ފަހު އެއްމަހާއި 15 ދުވަސް ފަހުން ނިއާފް ރާއްޖެ އައީ ކައިވެންޏަށް ބޭނުންވާނެ ހުރިހާ ސާމާނެއް ގަނެގެން ނެވެ. ސަމާ ނިއާފް އަށް އިންތިޒާރު ކުރާނެ ވަރު އޭނާއަށް އެގޭތީ ނިންމީ ސަޕްރައިޒެއް ދިނުމަށެވެ.

މާލޭގައި މަޑު ކުރަން އޮތީ ހަމައެކަނި ރާއްޖެ އަންނަ ދުވަސް ކަމުން ނިއާފްގެ ހިތް އަވަސްވަމުން ދިޔައީ ސަމާ އަށް އެދުވަހު ނުގުޅާ އިރުއޮއްސޭ ވަގުތު ރަށަށް ދިއުމަށް ފަހު، ސަމާ އަށް ސަޕްރައިޒެއް ދިނުމަށެވެ.

ފުރަން އެއާޕޯޓްގައި ހުއްޓާ ނިއާފް އަށް އޭނާގެ ކުރީގެ ކްލާސްމޭޓެއް ކަމަށްވާ ޝާހިދު އާ ދިމާވި އެވެ. ޝާހިދު ވެސް ނިއާފްމެންގެ ރަށަށް ދާން ގޮސް ހުރީ އެއާޕޯޓްގައެވެ. ޝާހިދު އޭނާ އަށް މެސެންޖާއިން ދިމާވި ނިއާފްމެންގެ ރަށު ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އޭނާގެ ވާހަކަތައް ކިޔައިދިނެވެ.

ޝާހިދު ނިއާފް އަށް ފޮޓޯތައް ވެސް ދެއްކިއެވެ. ނިޔާފްގެ ލޮލުން ކަރުނަ ހިލިގެން ދިޔަ އެވެ. އެއީ އެމީހަކަށްޓަކާ ނިއާފް ގުރުބާންވި އޭނާ އެންމެ ލޯބިވި ސަމާ އެވެ. ނަމަވެސް ނިއާފް ހިތްވަރު ކުރުމަށް ފަހު ޝާހިދު އަކަށް މިކަމެއް ނާންގައެވެ. އެއްފްލައިޓެއްގަ ދެމީހުން ދަތުރު ކުރަމުން ދިޔައިރު ނިއާފް އެދުނީ ސަމާ އާ ބައްދަލު ކުރަން ދެ މީހުން އެކުގަ ދާށެވެ.

މެސެންޖާއިން ސަމާއަށް ގަޑި ބުނުމަށް ނިއާފް ޝާހިދު ކައިރިން އެދުނެވެ. ފްލައިޓް އެއާ ޕޯޓްގައި ލޭންޑް ކުރުމާއެކު ދެ މީހުން ލޯންޗްގައި ރަށަށް ދިޔައެވެ. ނިއާފްގެ ކަންތައް ކުރަންވާނެ ގޮތް ކިޔައިދެމުން ދިޔަ އެވެ. އޭރު ޝާހިދުގެ އިންތިޒާރުގައި، ސަމާ ބަނދަރު މަތީގެ ރުކެއްގެ ނިވަލުގައި ހުރިތަން ނިއާފް އަށް ފެނުނެވެ.

ޝާހިދު ސަމާ އާ ކައިރިވަމުން ދިޔައިރު ފަހަތުން ނިއާފް ވެސް މަޑު ހިނގުމެއްގައި ކުރިއަށް ދިޔައެވެ. ދެ މީހުން ސަމާއާ އެއްހަމަޔަކަށް މަޑު ކުރުމަށް ފަހު ނިއާފް ޝާހިދު ތައާރަފް ކުރި އެވެ. ބަސް ހުއްޓިފައި ހުރި ސަމާ އަނގަ ހުޅުވީ ދޮގުވެރި ކަމާއި މަކަރުވެރިކަމުން ނިއާފްއަށް ޝާހިދު އޮޅުވާ ލުމަށެވެ. ނިއާފް އަމިއްލަ ނަފްސު ކޮންޓުރޯލުން ނެއްޓި ދެން ދުވަހަކު ވެސް އެހެން ފިރިހެނަކަށް މިފަދަ ލަނޑެއް ނުދެވޭނެއޭ ބުނެ، ޖިންސްގެ ޖީބުން އެލްޓިކޯ ފުޅިއެއް ނަގާ ސަމާގެ ލޮލަށް އެޅިއެވެ.

ވަގު ބިޓަކާއި ލޯބީގެ ގޮތުން ގުޅި ސަމާގެ މުޅި ދިރިއުޅުން ވެއްޔާމޮޑެވި، ލޮލަށް ނުފެންނަ މީހަކަށްވީ ސަމާގެ ކެހިވެރިކަމާއި މަކަތުވެރި ކަމުގެ ސަބަބުނާ ނެވެ. 

އެ ވާހަކަ ކިޔައިދީ ނިމުނު އިރު ސަމާގެ އެކުވެރި އާމިނަތުގެ ލޮލުން ވެސް ކަރުނަ ހިލިއްޖެ އެވެ.

15%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް