ads
ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް ވޯކްޝޮޕް މާދަމާ
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ ކުޅިވަރުގެ މާކެޓިން އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕެއް މާދަމާ ފެށުމަށް ނިންމައިފި އެވެ.

މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ "ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަޝިޕް ވޯކްޝޮޕް"ގެ ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ، ކުޅިވަރު ސްޕޮންސަޝިޕާއި މާކެޓިން ދާއިރާގައި ފުންނާބު އުސް ތަޖުރިބާކާރެއް ކަމަށްވާ ސްޕެއިންގެ ސިންޓޯ އަޖްރަމް އެވެ. 

އަރްޖަމްވަނީ 12 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުޅިވަރުގެ މާކެޓިން ދާއިރާގައި މަސައްކަތްކުރައްވާފަ އެވެ.

މި ވޯކްޝޮޕުގެ ސަބަބުން ދިވެހި ކުޅިވަރުގެ ދާއިރާއިން ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ޓެކްނިކަލް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތުތަކާއި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ދެކެ އެވެ. 

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވުމަށް ރާއްޖެ ވަޑައިގަންނަވާ، ސިންޓޯ އަޖްރަމްއަކީ ކުޅިވަރުގެ ދާއިރާގައި ބައިނަލްއަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. މީގެތެރޭގައި ސްޕެއިންގެ ވަރުގަދަ ބާރު ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒޫރިކް އިންޝުއަރެންސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް