ads
އަންހެނަކު ފާހާނާ ނުކުރެވިގެން ފާހާނާ ތެރޭގައި…
އަބަދު ބަނޑުހިކޭތީ ފާހާނަކުރަން އުނދަގޫ މީހަކަށް މިކަންކަން ކިޔާދީ ބަލަ!
ބަނޑު ހިކުން ނުވަތަ ބަނޑު ހަރުވެ ފާހާނަ ކުރަން ދަތިވުން މިއީ ވޭން ހުރި ކަމެކެވެ. މިއީ އެކި އުމުރުފުރައިގެ މީހުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ.

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު ދުވަސްވަރު ވެސް ބަނޑު ހިކި ދަތިތަކާއި ކުރިމަތު ވެއެވެ. ފާހާނާ ކުރަން އުނދަގޫވެ ބަނޑު ހަރުވެފައި ފާހާނާ ނުކުރެވި އެތައް ދުވަހަކު އުޅެން ޖެހެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑުކަމުދާން ޖެހިއްޖެ ނަމަ ބޮޑުކަމު ނުގޮސް ހިފާއްޓައިގެން ހުންނަ ނަމަ ބަނޑު ހިކުމުގެ މައްސަލަ ދިމާވާން ފަށައެވެ. އެހެން ކަމުން ކޮންމެ ވަގުތެއްގައި ވެސް ބޮޑުކަމު ދާން ޖެހިއްޖެ ނަމަ އަވަހަށް ފާހާނާ ކުރުން ވަރަށް މުހިއްމެވެ. 

ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމުން، ނަޖިސް ގޮހޮރަށް ޖަމާވާގޮތް ވެއެވެ. މިހެން ޖަމާވެފައި ހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސް ހިކި، ހަރުވެ ބޭރު ކުރަން އުނދަގޫވާ ކަމަށް ދިރާސާތަކުން ދައްކައެވެ. 

ބަނޑުހިކޭ މީހުން ކެއުން ބައްޓަަންކުރަންޖެހޭ ވަކި ގޮތްތަކެއް ހުރެ އެވެ. ކެވޭ އެއްޗިއްސާއި އެއްގޮތަކަށް ވެސް ކައިގެން ނުވާނެ އެއްޗެހި ވެސް ހުރެއެވެ. އެގޮތުން ގިނައިން ފައިބަރު އެކުލެވޭ ކާ އެއްޗެހި ކެއުމަށް އާދަކުރަން ޖެހެއެވެ. 

ފެހިކުލަ ގަދަ ތަރުކާރީގެ އިތުރުން ފައިބަރު އެކުލެވޭ މޭވާގެ ބޭނުން ކުރުން ރަނގަޅު އިރު ބަނޑު ހިކޭ މީހުން ވަރަށް ގިނައިން ދިޔާ އެއްޗެހި ބޭނުންކޮށް ހެދުމަށް ސިއްހީ މާހިރުން ވެސް ނަސޭހަތްތެރިވެއެވެ. ހާއްސަކޮށް ހެނދުނު ގަޑީގައި ގިނައިން ފެންބުއިމަކީ ރަގަޅު ކަމެކެވެ.

އާންމުކޮށް ހެނދުނު ނާސްތާގައި ބޯ ކަޅު ސަޔާއި ކޮފީ އަދި ކޮކާ ކޯލާ ފަދަ ކެފެއިން ހުންނަ ބުއިންތައް ބުޔުމަކީ ބަނޑު ހިކޭ މީހުން ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެއީ އިތުރަށް އެކަމުގައި އުޅޭ މީހަކަށް ވޭނަކަށް ވާ ފަދަ ބުޔުންތަކެވެ.

ގަޑިން ގަޑިން ކެއުމާއި ބަރާބަރަށް ކަސްރަތު ކުރުމަކީ ބަނޑު ހިކޭ މީހުންނަށް ވަރަށް މުހިއްމު ކަމެކެވެ. މަދު ވެގެން ތިން ފަހަރު ނުވަތަ ހަތަރު ފަހަރު ކޮންމެ ދުވަހަކު ވެސް އެއް ގަޑި ތަކެއްގައި ކާން އާދަކުރާށެވެ. އަދި ބިޒީ ޝެޑިއުލެއްގައި އުޅެން ޖެހުނު ނަމަވެސް ކަސްރަތަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކޮށްލުން މުހިއްމެވެ. ކޮންމެ ދުވަހަކު ގަޑި އިރެއްހާ އިރު ދުވެލިޔަސް ވަރިހަމައެވެ. ތަފާތު ވައްތަރުގެ ކަސްރަތު ގޭގައި ކޮށްލައިގެން ވެސް ބަނޑު ހިކުމުގެ ވޭނުން ސަލާމަތްވިއްޔާ ކިހާ ރަނގަޅު ދޯއެވެ.

58%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް