ads
ފުނަދޫ
ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ ބަލި މީހުން އެކަހެރި ކުރާ ރަށަކަށް ފުނަދޫ
ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިއްޖެނަމަ މާލެ ކައިރީގައި ތެޔޮ ރައްކާކޮށްފައިވާ ރަށް، ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ އެއް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ ފުނަދޫ އަކީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރި ކޮށްފައި ބައިތިއްބާ ރަށުގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ. ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ފަންނީ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ޕެނިކް ވާން ޖެހޭ ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސިއްރު ނުކޮށް ހާމަކުރަމުން ގެންދާނ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. 

ކޮރޯނާ ވައިރަސް ޖެހުނު 42 މީހަކު ޗައިނާ އިން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެހެންކަމުން މިވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ޗައިނާ އިން ވަނީ 56 މިލިއަން މީހުންނަށް ދަތުރުކުރުން ހަނިކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ. 

ނުރައްކާތެރި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއް ލިބިދާނެ ވައިރަހެއް ކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސަބަބަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާ އިން ކަމަށްވެފައި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތާއި ޗައިނާގެ ފަތުރުވެރިންނާ ގުޅިފައި އޮތް ގުޅުމުގެ ބޮޑު ކަމުންނެވެ. ޗައިނާގެ ބައެއް ސިޓީ ތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަދު ޒިޔާރަތްކުރާ ގައުމަކީވެސް ޗައިނާ އެވެ.

8%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް