ads
ނައިބު ރައީސް އިސްމާއީލް ހަބީބު-----ފޮޓޯ: ރާއްޖެ،އެމްވީ
އިންތިހާބާ ދިމާކޮށް ބަޖެޓުގައި ނުހިމެނޭ ކަންކަން ނުކުރަން އީސީ އިން އަންގައިފި
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އާއި ދިމާކޮށް އެ ދާއިރާގެ ރަށްތަކުގައި ބަޖެޓުގައި ހިމެނިފައި ނުވާ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.

އީސީއިން މިފަދައިން އިލްތިމާސް ކުރައްވައިފި މިވަނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޯމަތި ވެފައި ވަނިކޮށް އެރަށުގައި މަޝްރޫއު ތަކެއް ހިންގުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. 

އެގޮތުން ސަރުކާރުން ވަނީ، ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ އިތުރުން ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ނިންމާ އެކަމުގެ މަސައްކަތްތައް މި ހަފްތާތެރޭ ފަށާނެ ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް މިކަމަކީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ ކަމެއް ކަމަށާއި، ސަރުކާރަށް ތިން އަހަރު ވެގެން ދިޔަ އިރު މިއިން ކަމެއް ނުކޮށް ތިބެ ކުއްލިއަކަށް އިންތިހާބު ބޯމަތި ވުމުން މިކަން ކުރުމަކީ، ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިއަދު ސިޔާސީ ޕާޓީތަކާއިއެކު އީސީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިހާބާއި ދިމާކޮށް ސަރުކާރު ހިންގާ ޕާޓީއަށްވެސް ވައުދު ތައް ވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެކަންކަން ކުރައްވަން ވާނީ، ބަޖެޓު ކުރެވިގެން ކަމަށާއި، އަދި މަސައްކަތްތައް ފަށަން ވާނީވެސް އިންތިހާބަށް ފަހު ކަމަށެވެ. 

މީގެ އިތުރުން ހަބީބު ވިދާޅުވީ، ކޮރަޕްޝަންއާއި، ރިޝްވަތު ދިނުމާއި، އެންޓި ކެމްޕޭން ނުކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކިބައިން އިލްތިމާސް ކުރައްވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް